Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ރިޔާސީ އިންތިޚާބުގައި، ބޭރު ޤައުމެއްގައި ވޯޓު ފޮށި ބަހައްޓާނީ 150އަށްވުރެ ގިނަ މީހުން ވޯޓު ލާނަމަ

ރިޔާސީ އިންތިޚާބުގައި، ބޭރު ޤައުމެއްގައި ވޯޓު ފޮށި ބަހައްޓާނީ 150އަށްވުރެ ގިނަ މީހުން ވޯޓު ލާނަމަ

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓު ފޮށި ބަހައްޓާނީ 150 އަށްވުރެ ގިނަ މީހުން ވޯޓުލާން ރަޖިސްޓްރީކުރާ ޤައުމުތަކުގައި ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްއިން ގެނެސްދޭ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި، އަންނަ އަހަރުގެ އިންތިޚާބަށް އީސީން ވަމުން އަންނަ ތައްޔާރީތަކާ ގުޅޭގޮތުން ދެއްކެވި ވާހަކައިގައި ފުއާދު ވިދާޅުވީ އިންތިޚާބުގައި ރާއްޖެއިން ބޭރުގައި ވޯޓުފޮށިތައް ބަހައްޓާއިރު އެޤައުމެއްގެ ޤަވާއިދުތަކާއި، އުސޫލުތަކާއި ގުޅޭގޮތުން ފޮރިން މިނިސްޓްރީއާއިއެކު މަޝްވަރާ ކުރައްވާފައިވާކަމަށެވެ. އަދި ވޯޓު ފޮށިތައް ބަހައްޓާނެ ޤައުމުތައް ކަނޑައެޅުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަަމަށް އޭނާ ވިދާޅުވިއެވެ.

މިގޮތުން ވޯޓު ފޮށިތައް ބެހެއްޓުމަށް، މިހައިތަނަށް ނިންމަފައިވަނީ ސްރީލަންކާއާއި، އިންޑިއާއާއި، މެލޭޝިއާއި، ސިންގަޕޫރާއި، އިނގިރޭސިވިލާތުގައެވެ. އީސީގެ ރައީސް ވިދާޅުވީ، ވޯޓުލުމަށް ރަޖިސްޓްރީވާ މީހުންގެ ޢަދަދަށް ބެލުމަށްފަހުގައި، ޕާކިސްތާނާއި، ބަންގްލަދޭޝްއާއި، ތައިލެންޑުގައިވެސް ވޯޓު ފޮށި ބެހެއްޓުމަކީ އެކަށީގެންވާ ކަމެކެވެ.

Advertisement
Ooredoo — Truecaller (box)

ރިޔާސީ އިންތިޚާބުގެ ވޯޓުލުން އޮންނާނީ އަންނަ އަހަރުގެ ސެޕްޓެމްބަރުމަހުގައެވެ. މި އިންތިޚާބަށް. ބަޖެޓުގައި 90 މިލިއަން ރުފިޔާ ވަނީ ކަނޑައަޅުއްވައިފައެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އޮތީ އެ އަހަރުގެ ސެޕްޓެމްބަރުމަހުގެ 24 ވަނަ ދުވަހުއެވެ.

 

 

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް