Sunday, 1 November 2026
Advertisement
HDC — Share-Below (leaderboard)
ސަރުކާރު

މިނިސްޓަރ ނަހުލާއަށް ތުހުމަތުކުރާ މައްސަލަ އޭސީސީން ބަލަނީ

މިނިސްޓަރ ނަހުލާއަށް ތުހުމަތުކުރާ މައްސަލަ އޭސީސީން ބަލަނީ

މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއިޝަތު ނަހުލާގެ މައްޗަށް ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލަ ބަލައިގަނެ އޭސީސީން ތަހުޤީޤްކުރަން ފަށައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އިސްވެހުރެ ގަވާއިދާ ޚިލާފަށް 57 އުޅަނދު ރެޖިސްޓްރީ ކޮށްފައިވާ ކަމަށް ތުހުމަތުކޮށް އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފައި ވަނީ މިދިޔަ މަހުގެ ތެރޭގައެވެ.

އަމިއްލަ ފަރާތަކުން ހުށަހެޅި އެ މައްސަލާގައި ބުނެފައިވަނީ އެ އުޅަނދުތައް ރަޖިސްޓްރީ ކޮށްފައިވަނީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކޮށްދިނުމުގެ ގަވާއިދަށް ގެނައި ދެވަނަ އިސްލާހުގެ ނާޖާއިޒް ފައިދާ ނަގައިގެން ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

އެ އުޅަނދުތައް ރަޖިސްޓްރީ ކުރުމަށް ހުށަހަޅާއިރު މިނިސްޓަރަށް އެޑްރެސްކޮށް ހުށަހަޅާ ސިޓީ, މިނިސްޓްރީގައި އެންޓްރީ ނުކޮށް ޖަވާބު ދިނުމަކާ ނުލައި ސިއްރިއްޔާތުގައި ރަޖިސްޓްރީ ކޮށްދިނުމުގެ ޚިދުމަތް ދީފައިވަނީ އެސިސްޓެންޓް ޑިރެކްޓަރު ރުޝޫނާ ރަޝާދު ކަމަށްވެސް ބުނެފައިވެއެވެ.

މިކަމާ ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަން، އޭސީސީ އިން ވިދާޅުވީ އެ މައްސަލަ އެކޮމިޝަނަށް ބަލައިގަނެ މައްސަލާގެ ތަހުގީގު ފަށާފައިވާ ކަމަށެވެ. އެގޮތުން މިހާރު ކުރިއަށްދަނީ ތަހުގީގުގެ ފުރަތަމަ މަރުހަލާކަމަށް އޭސީސީން ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް