Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ވައިޓް އެލާޓްގެ ވަގުތު އިތުރު ކޮށްފި

ވައިޓް އެލާޓްގެ ވަގުތު އިތުރު ކޮށްފި

ރާއްޖޭގެ އެންމެ ދެކުނުގެ ހަތަރު އަތޮޅަށް ނެރެފައި އޮތް ވައިޓް އެލާޓުގެ ވަގުތު ދަންމާލައިފިއެވެ.

ކުރިން ނެރުނު އެލާޓުގެ ވަގުތު ހެނދުނު 8:15 އާ ހަމައަށް ވަނީ ހަމަވެފައެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން މިހާރު ލ. އަތޮޅު ވެސް ހިމެނޭ ގޮތަށް އައްޑުއާ ހަމައަށް އެލާޓް ނެރުއްވައިފައި ވަނީ މެންދުރު ފަހު 2:30 އާ ހަމައަށެވެ.

އެ ވަގުތާ ހަމައަށް ބޯކޮށް ވާރޭ ވެހި، ގުގުރައި ގަޑިއަކު 19-24 މޭލާ ދެމެދު ބާރުމިނުގައި ވައި ޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ކަނޑުތައް ވެސް ގަދަވާނެ ކަމަށް މެޓުން ލަފާ ކުރައްވައެވެ.

Advertisement
Allied Insurance — Square (box)

މެޓުން ވަނީ ކަނޑު ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ވެސް އިލްތިމާސް ކުރައްވައިފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް