Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ރައީސް ޞާލިޙު އާދިއްތަ ދުވަހު ފަރެސްމާތޮޑާއަށް ވަޑައިގަންނަވަނީ

ރައީސް ޞާލިޙު އާދިއްތަ ދުވަހު ފަރެސްމާތޮޑާއަށް ވަޑައިގަންނަވަނީ
މަސްވެރިންގެ ދުވަހުގެ ޚާއްސަ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު، އާދިއްތަ ދުވަހު ގދ.ފަރެސްމާތޮޑާއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ. ރައީސް އޮފީހުގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި، އެ އޮފީހުގެ ތަރުޖަމާނު މިޢުވާން މުޙައްމަދު ވިދާޅުވީ މަސްވެރިންގެ ދުވަހުގެ ޖަލްސާގެ އިތުރުން، ދުވަހާ ގުޅިގެން ބާއްވާ އެހެނިހެން ހަރަކާތްތަކުގައިވެސް ރައީސް ބައިވެރިވެވަޑައިގަންނަވާނެ ކަމުގައެވެ.
"މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގެ އިތުރުން މަސްވެރިންގެ ދުވަހާ ގުޅިގެން ގިނަ ހަރަކާތްތަކެއް އެރަށުގައި ބާއްވާނެ، ފިޝަރީޒް މިނިސްޓްރީއާ ގުޅިގެން." މިއުވާން ވިދާޅުވިއެވެ.
މިއުވާން ވިދާޅުވީ ފަރެސްމާތޮޑާއަށް ކުރައްވާ ދަތުރުފުޅު ނިންމަވައިލައްވައި ހޯމަ ދުވަހު މާލެ ވަޑައިގެން، ޤަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕްގެ މެޗު ބައްލަވައިލެއްވުމަށް ރައީސް ޞާލިޙު ފުރާވަޑައިގަންނަވާނެ ކަަމަށެވެ. މި ދަތުުރުފުޅުގެ ސަބަބުން ރާއްޖެއާ ޤަތަރުގެ ގުޅުން ބަދަހިވެގެންދާނެ ކަަމަށްވެސް އޭނާ ވިދާޅުވިއެވެ.  

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް