ބިލިއަނަރަކު އޭނާގެ 10،000 މުވައްޒަފުންނަށް ހިލޭ ޑިޒްނީ ވޯލްޑް ޓްރިޕެއް ދީފި

ކުންފުނީގެ ކާމިޔާބީ ފާހަގަ ކުރުމަށް ބިލިއަނަރަކު އޭނާގެ 10،000 މުވައްޒަފުންނަށްޓަކައި ވޯލްޓް ޑިޒްނީ ވޯލްޑް އެއްކޮށް 3 ދުވަހަށް ހިފައިފިއެވެ.
ހެޖް ފަންޑު ކުންފުނި ސިޓަޑެލް އެލްއެލްސީގެ ޗީފް އެގްޒެކެޓިވް ކެން ގްރިފިން ވަނީ މި މުވައްޒަފުންތަކުގެ އާއިލާތައްވެސް މި ދަތުރުގައި ބައިވެރިކޮށްފައެވެ. އަދި މީގެ އިތުރުން އެންމެންގެ އެއާލައިން ޓިކެޓުތަކަށްވެސް އޭނާ ޚަރަދުކޮށްފައިވެއެވެ. މި ދަތުރުގެ ކެއުމާއި ހުރުމުގެ ހުރިހާ ޚަރަދެއްކުރުމުގެ އިތުރުން އޭނާ ވަނީ މުވައްޒަފުންނަށް ހާއްސަ ޝޯއެއްވެސް ބާއްވަދީފައެވެ. މި ޝޯ ދީފައިވަނީ މަޝްހޫރު ކޯލްޑް ޕްލޭ ބޭންޑެވެ.
މި ޚާއްސަ ދަތުރު މުވައްޒަފުންނަށް ދިނުމުގެ ބޭނުމަކީ އެމީހުން ކުންފުންޏަށް މި އަހަރުގައި ކޮށްދިން ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމެވެ. އެހެން ހެޖް ފަންޑް ކުނފުނިތައް މާ ރަނގަޅަށް ހިނގަމުން ނުދާ ދުވަސްވަރެއްގައި ސިޓަޑެލްއިން ވަނީ ވަރަށް ރަނގަޅު ކުރިއެރުމެއް ދައްކާފައެވެ.

ސިޓަޑެލްގެ ޗީފް އެގްޒެކެޓިވް ކެން ގްރިފިން
"އަހަރެމެންގެ ކުންފުނީގައި މިހާރު މިތިބީ ކުންފުނީގެ ތާރީޚުންވެސް، އަދި މި ދާއިރާގެ ތާރީޚުންވެސް އެންމެ އަރާހުރި މީހުންތައް. އަހަރެން އުންމީދު ކުރަން މިއަށްވުރެ ވެސް ބޮޑު ކާމިޔާބީތައް އަހަރެމެންނަށް ލިބޭނެކަމަށް." ގްރިފިން އޭނާގެ މުވައްޒަފުންނާ މުޚާތަބުކޮށް ބުނެފައިވެއެވެ.
މީގެ އިތުރުން އޭނާ ވަނީ 1.5 ބިލިއަން ޑޮލަރު ޗެރިޓީގެ ގޮތުގައިވެސް މިއަހަރު ހޭދަކޮށްފައެވެ.