ފުޓްބޯޅަ

ބްރެޒިލް ކެޓުމުން ކޯޗު ޓީމާ ދުރަށް!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ބްރެޒިލްގެ ޤައުމީ ޓީމުގެ ކޯޗުކަމުން ޓީޓޭ އިސްތިއުފާ ދީފިއެވެ.

ޓީޓޭ މަގާމުން އިސްތިއުފާ ދިނީ މިހާރު ޤަތަރުގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕް މުބާރާތުން ބްރެޒިލް ކެޓުމާ ގުޅިގެންނެވެ. ޓީޓޭ، 61، ބްރެޒިލްގެ ކޯޗަކަށް ހުރި ފަހު މެޗަކީ މި ފަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ރޭ ބްރެޒިލުން ޕެނަލްޓީ ޖަހައިގެން 4-2 އިން ކްރޮއޭޝިއާ އަތުން ބަލިވި މެޗުގަ އެވެ.

ޓީޓޭ ބްރެޒިލްގެ ކޯޗުކަމާ ހަވާލުވީ 2016 ވަނަ އަހަރުއެވެ. އޭނާގެ އިރުޝާދުގެ ދަށުން ބްރެޒިލް ވަނީ 2019 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތް ކާމިޔާބުކޮށްފައެވެ. ބްރެޒިލާއެކު ޓީޓޭ ހޭދަކުރި ހަ އަހަރު ތެރޭގައި އެ ޤައުމުން ވަނީ ޖުމުލަ 81 މެޗު ކުޅެފައެވެ. އޭގެ ތެރެއިން އެ ޤައުމު ވަނީ 60 މެޗުން މޮޅުވެ ހަ މެޗުން ބަލިވެފައެވެ. އެއްވަރުވެފައިވަނީ 15 މެޗެކެވެ.

ފީފާ ވޯލްޑް ކަޕްގެ ކުރިން މިއަހަރުގެ ފެބްރުވަރީ މަހު ޓީޓޭ ވަނީ މުބާރާތަށްފަހު ޤައުމީ ޓީމާ ދުރަށްދާނެ ކަމަށް ވެސް އިއުލާންކޮށްފައެވެ. މިއަހަރުގެ މުބާރާތް ކާމިޔާބު ކުރެވޭނެކަމަށް އެންމެ ބޮޑަށް ބެެލެވުނު އެއް ޤައުމަކީ ވެސް ބްރެޒިލްއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!