ޚަބަރު ސިޔާސީ

މަސްވެރިކަމުގެ ސިޔާސަތު ތަންފީޒު ކުރުމުގައި ވަޒީރު ވަނީ ފެއިލްވެފައި: ފިރުޝާން

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
މަޑަވެލި ދާއިރާގެ މެންބަރު ހުސެއިން ފިރުޝާން/ ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މަސްވެރިކަމުގެ ސިޔާސަތު ތަންފީޒު ކުރުމުގައި މަސްވެރިކަމާބެހޭ ވަޒީރު ޑރ.ޙުސައިން ރަޝީދު ޙަަސަން ވަނީ ފެއިލްވެފައިކަމަށް މަޑަވެލީ ދާއިރާގެ މެންބަރު ޙުސައިން ފިރުޝާން ވިދާޅުވެއްޖެއެވެ.

Ads by MWSC

މަސްވެރިންގެ ދުވަހާ ގުޅިގެން މަސްވެރިންނަށް ތަހުނިޔާ ފޮނުއްވައި ޑރ.ޙުސައިން ކުރެއްވި ޓުވީޓަކަށް ރައްދު ދެއްވަމުން ފިރުޝާން ވިދާޅުވީ މަސްވެރިންގެ ދުވަހެއް ފާހަގަކުރި ނަމަވެސް މަސްވެރިންގެ ދުވަހުގެ ހިތްހަމަޖެހުމެއް އުފަލެއް ނުލިބޭ ކަމަށެވެ.

މަސްވެރިން ކުރާ މަސައްކަތަށް ލުޔެއް ފަސޭހައެއް ހޯދުމާއި މަސްވެރިކަމުގެ ސިޔާސަތު ތަންފީޒު ކުރުމުގައި މަނިކުފާނު ވަނީ ފެއިލްވެފައި. އޭގެ އެއް މިސާލަކީ ހޯޑެއްދޫގައި މަނިކުފާނު ޕާޓީގެ ލީޑަރ ހަދަމުންގެންދާ މަސްފެކްޓަރީ. 17 އަހަރު. ދެކުނުގެ މަސްވެރިންނަށް ލުޔެއް ފަސޭހައެއް ހޯއްދަވައި ދެއްވުމަށް މަސައްކަތްކުރާނަމަ އެ މައްސަލަ ހައްލު ކުރައްވާނެ.

ފިރުޝާން ވިދާޅުވީ އެ މައްސަލަ ހައްލު ކުރުމުގައި ވެސް ވަޒީރު ވަނީ ފަހަތަށް ޖެހިވަޑައިގެންފައި ކަމަށެވެ. އަދި އެ މައްސަލަ މަތީ ''އިށީންނަވައިގެން ތި އިންނަވަނީ'' އަމިއްލަ މަސްލަހަތު އިސްކުރެއްވުމުގައި ކަމަށް ވެސް ވަޒީރަށް ރައްދު ދެއްވައި ފިރުޝާން ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

ހޯނޑެއްދޫގައި ކޯލްޑް ސްޓޯރޭޖަކާއި މަސް ގަންނަ ފެސިލިޓީއެއް ގާއިމު ކުރުމަށް ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑާއި ދިވެހި ސަރުކާރާ ދެމެދު އެއްބަސްވެފައިވަނީ ހަތެއް އޮގަސްޓު 2005 ގައެވެ. އެއްބަސްވުމުގައިވާ ގޮތުން ކޯލްޑް ސްޓޯރޭޖް ގާއިމުކުރުމަށް ބިން ދޫކުރާ ތާރީޚުން ފެށިގެން ކޮންސްޓްރަކްޝަން މަސައްކަތް ފަށައި އެ އަހަރުގެ ތެރޭގައި 3000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް އެ ކުންފުނީގެ ފަރާތުން ހޯނޑެއްދޫގައި ގާއިމުކޮށް މަސް ގަތުމުގެ އޮޕަރޭޝަން ފަށަން ޖެހޭނެއެވެ. ކޯލްޑް ސްޓޯރޭޖް ފެސިލިޓީ ގާއިމު ކުރުމަށް ބިން ދޫކޮށްފައިވަނީ އަށެއް ޑިސެންބަރު 2005 ގައެވެ. ނަމަވެސް މިހާތަނަށް އެއްވެސް މަަސައްކަތެއް ކުރެވިފައެއް ނުވެއެވެ.

Ads by Ooredoo
  1. ނާޅި

    މަހުގައިވެސް އަގު ތެލުގައި ވެސް އަގު !
    ދިވެހި ރާއްޖޭގެ ކަންޑު ތަކާއި ކަންޑުގައި ހުރި މަސްތައް ރަގަޅަށް މެނޭޖު ކުރެވިއްޖެއްޔާ ދުނިޔޭގެ މަހުގެ ބާޒާރު ދިވެހިންނަށް ވެސް ކޮންޓްރޯލް ކުރެވިދާނެ، ތެލުގެ ބާޒާރު އޯޕެކް ޤައުމުތަކުން ކޮންޓްރޯލް ކުރާގޮތަށް !