Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ސަރުކާރު

މަސްވެރިންގެ ދުވަސް: ރައީސް ފަރެސްމާތޮޑާއަށް ފުރާވަޑައިގެންފި

މަސްވެރިންގެ ދުވަސް: ރައީސް ފަރެސްމާތޮޑާއަށް ފުރާވަޑައިގެންފި

މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ގދ.ފަރެސްމާތޮޑާއަށް މިއަދު ފުރާވަޑައިގެންފިއެވެ.

އިއްޔެއަކީ ރާއްޖޭގެ 42 ވަނަ މަސްވެރިންގެ ދުވަހެވެ.

ދުވަހުގެ މުނާސަބަތާ ގުޅިގެން ފަރެސްމާތޮޑާގައި ތަފާތު ހަރަކާތްތައް ކުރިޔަށްގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

Advertisement
Ooredoo — Square (box)

ރައީސް އޮފީހުން ވިދާޅުވީ ފަރެސްމާތޮޑާގައި މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ކުރިޔަށްގެންދާ ފިޝަރީޒް އެކްސްޕޯއަށް ެަރައީސް ޒިޔާރަތްކުރައްވާނެ ކަމަށެވެ. އަދި ދެޖިންސަށް ހުޅުވާލައިގެން ބާއްވާ މަސްކެނޑުމުގެ މުބާރާތް އެ މަނިކުފާނު ޝަރަފްވެރި ކޮށްދެއްވާނެ ކަމުގައި ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

މީގެއިތުރުން މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ވެސް ޝަރަފުވެރި ކޮށްދެއްވާނެއެވެ.

ރައީީސްގެ މި ދަތުރުފުޅުގެ ތެރެއިން މިއަދު ފަރެސްމާތޮޑާ ކައުންސިލާއި، އ.ތ.މ ކޮމިޓީއާ ބައްދަލު ކުރައްވާނެއެވެ.

އަދި މަސްވެރިންނާ ބައްދަލު ކުރައްވާ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގަންނަވާނީ މާދަމާއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް