Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ވަޅެއްގައި ތާށިވެ، ދެ މީހަކަށް އަނިޔާތަކެއް

ވަޅެއްގައި ތާށިވެ، ދެ މީހަކަށް އަނިޔާތަކެއް

އައްޑޫ ހިތަދޫގައި ރޭ މަސައްކަތެއް ކުރުމުގެ ތެރޭގައި ވަޅުގަނޑެއްގެ ތެރޭގައި ތާށިވެ، ދެ މީހަކަށް އަނިޔާތަކެއް ލިބިއްޖެއެވެ.

ދެ މީހުންނަށް އަނިޔާވީ ހިތަދޫގެ މަގެއްގެ ނަރުދަމާ ހޮޅިތަކެއް އަޅަން ކޮންނަމުން ދަނިކޮށް ވަޅުގަނޑުގެ އެއް ފަރާތުން ގިރައިގެން ދިޔުމުގެ ސަބަބުންނެވެ. އަދި އެ ހާދިސާ ހިނގިތާ 10 ވަރަކަށް މިނިޓްގެ ތެރޭގައި އެ މީހުން ސަލާމަތްކޮށް، ހޮސްޕިޓަލަށް ގެންދެވުނުއިރު، އެ ދެ މީހުންނަށް ފަރުވާ ދެމުން އަންނަ ކަމަށް އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން މަޢުލޫމާތު ދެއްވައެވެ.
ފަރުވާ ދެމުން އަންނަ އެކެއްގެ ހާލު ސީރިއަސްއެވެ. އުމުރުން 40 އަހުރުގެ އެ ފިރިހެންމީހާގެ މޭކަށިގަނޑަށް ގެއްލުންވެފައިވާތީ، ފަރުވާ ދެމުން އަންނަނީވެސް އައިސީޔޫގައެވެ.
އަދި އުމުރުން 50 އަހަރުގެ މީހާއަށް ވޯޑުގައި ފަރުވާ ދެމުން އަންނަ އިރު، އޭނާގެ ހާލު ރަނގަޅު ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް