Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ރައީސް އެނބުރި މާލެ ވަޑައިގެންފި

ރައީސް އެނބުރި މާލެ ވަޑައިގެންފި

ގދ. ފަރެސްމާތޮޑާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު މާލެ ވަޑައިގެންފިއެވެ.

ރައީސް ފަރެސްމާތޮޑާއަށް ވަޑައިގެންފައިވަނީ 42 ވަނަ މަސްވެރިންގެ ދުވަހުގެ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.

މިދަތުރުފުޅުގައި ރައީސް ޞާލިޙު ވަނީ، ގދ. ފަރެސްމާތޮޑާ ކައުންސިލާއި އ.ތ.މ ކޮމިޓީއާ ވެސް ބައްދަލު ކުރައްވާފައެވެ. މީގެ އިތުރުން ރައީސް ވަނީ، ހުވަދޫ ސްކޫލުގައި ގދ. ފަރެސްމާތޮޑާއާއި ހުވަދު އަތޮޅުގެ މަސްވެރިންނާއި އޮޑިވެރިންނާއިވެސް ބައްދަލު ކުރައްވާފައެވެ.

Advertisement
Ooredoo — Square (box)

އެގޮތުން މިބައްދަލު ކުރެއްވުމުގައި، މަސްވެރިންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އަޑު އައްސަވައި، އެކަންކަން ހައްލުކޮށްދެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ހިއްސާކުރައްވާފައިވެއެވެ.

 

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް