ޚަބަރު

ޝިޔާމްގެ ތައުރީފް މިނިސްޓަރު އަމީނަށް: ސަރުކާރުގައި ހެލްތު މިނިސްޓަރު ވަރުގެ ވަޒީރަކު ނެތް

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

މި ސަރުކާރުގައި ހެލްތު މިނިސްޓަރު ވަރުގެ ވަޒީރަކު ނެތް ކަމަށް ވިދާޅުވީ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް މިނިސްޓަރު އަބްދުﷲ އަމީނަށް ތައުރީފް ކުރައްވައިފިއެވެ.

Ads by STELCO

ޝިޔާމް މިފަދައިން ވިދާޅުވެފައިވަނީ 2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް ސަރުކާރުން ނަގާފައިވާ ލޯނުތަކާއި ދޫކުރި ސޮވެރިން ގެރެންޓީތަކާއި ވިއްކި ބޮންޑުތަކާ ގުޅޭ ގޮތުން މަޖިލިހުގެ ލަފައެއް ހޯދުމަށް މިއަދު މަޖިލިހުގެ ރައީސް މުޙައްމަދު ނަޝީދު ހުށަހެޅުއްވި މައްސަލައަކާ ގުޅިގެން ބަހުސްކުރައްވަމުންނެވެ.

ޝިޔާމް ވިދާޅުވީ މަޖިލީހުގައި ކުރާ މަސައްކަތަކާ ގުޅިގެން ހެލްތު މިނިސްޓަރު އެއްޗެއް ވިދާޅުވުމުން ކޯފާވުމުގެ ބަދަލުގައި އެމަނިކުފާނަށް ތައުރީފު ކުރައްވަންޖެހޭ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ބޮޑު ސިންގާހާ ކެބިނެޓުގައި ހެލްތު މިނިސްޓަރު ވަރުގެ ކެބިނެޓް ވަޒީރަކު ނެތް. ވަރަށް ސާފުކޮށް މި ދަންނަވަނީ" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ހެލްތު މިނިސްޓަރު ފިޔަވައި ދެން މި ސަރުކާރުގެ ކެބިނެޓުގައި ތިއްބެވި ވަޒީރުންނަށް ދެއްވާނީ "ޔޫ" އެއް ކަމަށާއި ނަމަވެސް ހެލްތު މިނިސްޓަރު އަމީން އަށް ދެއްވާނީ "ޑީ" އެއް ކަމަށެވެ.

Ads by HDC
  1. އިދުރީސް

    ޝިއާމް މަވެސް ވަރައް ތާއިދު މިގައުމު މިހާލަތުގައި ތިވަރުގެ މިނިޝްޓަރަކު ނުލިބޭނެ ތީނަމްބަރް 1

    • އައިސް

      ފިރުއައުނު ގެ ދަ ރުބާރުގައި ހިނގާ ކަންކަމަށް ބަސް ބުނެފި..