ޚަބަރު ސަރުކާރު

ގަމުގައި 700 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރަތްކުރަން ހަވާލުކޮށްފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ލ.ގަމު ތުނޑީ އަވަށުގައި 700 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރަތްކުރަން ހަވާލުކޮށްފިއެވެ.

Ads by Hajj Corporation

އިސްލާމިކް މިނިސްޓްރީން އެ މަސައްކަތް ހަވާލުކުރީ ފެޑޯ ޕްރައިވެޓް ލިމިޓެޑާއެވެ.

އެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް
އިސްލާމިކް މިނިސްޓްރީގެ ޖަލްސާކުރާ މާލަމުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ.އަޙްމަދު ޒާހިރު ޢަލީއެވެ. ފެޑޯ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ފަޔާޒެވެ.

މި މިސްކިތަކީ ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން 16.8 މިލިއަން ރުފިޔާ ހޭދަކޮށްގެން ހަދާ މިސްކިތެކެވެ.

700 މީހުންގެ ޖާގައިގެ މި މިސްކިތަކީ ދެ ޖިންސުގެ މީހުންނަށް ނަމާދުކުރެވޭ ގޮތަށް ހަދާ މިސްކިތެކެވެ.

ފެޑޯ ޕްރައިވެޓް ލިމިޓެޑާ މި މަސައްކަތް ހަވާލުކުރީ 365 ދުވަސްތެރޭގައި ނިންމާ ގޮތަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!