Sunday, 1 November 2026
Advertisement
STO — McCoy (leaderboard)
ޝަރުޢީ ދާއިރާ

264 ފުޅި ބަނގުރާ ކޭސް: ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

264 ފުޅި ބަނގުރާ ކޭސް: ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

މިދިޔަ އަންގާރަ ދުވަހުގެރޭ ގިނަ ޢަދަދެއްގެ ބަނގުރަލާއެކު ހައްޔަރުކުރި ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ދެއްވައިފިއެވެ.

264 ފުޅި ބަނގުރަލާއެކު ހައްޔަރުކޮށްފައިވަނީ ޢުމުރުން 32 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ.

އެ މީހުން ހައްޔަރުކުރީ ސިނަމާލެ ބްރިޖުމަތިން ކާރެއްގައި ދަނިކޮށެވެ. ރާފުޅިތައް ބަހައްޓާފައި ހުރީ އެ މީހުން ދުއްވި ކާރުގެ ޑިކީތެރޭގައެވެ.

Advertisement
Ooredoo — Truecaller (box)

އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ގާޒީ ވަނީ 15 ދުވަހުގެ މުއްދަތަށް އެ ދެ މީހުން ބަންދުގައި ބައިތިއްބަން އަމުރު ކުރައްވައިފައެވެ.

ކްރިމިނަލް ކޯޓު ޢަމުރުގައިވާ ގޮތުން މުއްދަތު ޖެހުމުގެ މަޖިލީހުގައި އެ މީހުން ވަނީ ކާރުގައި ހުރީ ބަނގުރާކަން ނޭނގޭކަމަށާއި އެ ތަކެތި ހުރީ ކަޅު ކޮތަޅެއްގައިކަން ފާހަގަކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް