ޕާކިސްތާނުން ކާބުލްގައި ޚާއްސަ އޮޕަރޭޝަނެއް

އަފްޣާނިސްތާނުގެ ބޯޑަރު ސަރަހައްދުގައި ހިނގަމުންދާ ކަންކަމާ މެދު ކަންބޮޑުވެ، ޕާކިސްތާނުގެ އަސްކަރިއްޔާއިން ވަނީ އެ ގައުމުގައި އިތުރުވަމުންދާ ޓެރަރިޒަމާއި ބޯޑަރު އެތެރެވުމާ ދެކޮޅަށް ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ހިންގަން ނިންމައިފަ އެވެ.
އިންޑިއާގެ ސީއެންއެން ނިއުސް 18 އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިގޮތަށް ނިންމާފައިވަނީ، ޕާކިސްތާނުގެ އަސްކަރިއްޔާގެ އެންމެ އިސްވެރިޔާގެ މަގާމަށް އަލަށް އައްޔަން ކުރެއްވި ޖެނެރަލް އާސިމް މުނީރު ރިޔާސަތު ބެލެހެއްޓެވީ, މިދިޔަ ހަފުތާ ބަންދުގައި ރާވަލްޕިންޑީގައި ހުންނަ ޖެނެރަލް ހެޑްކުއާޓާސް (ޖީއެޗްކިއު) ގައި ބޭއްވި ސީނިއާ ޖެނެރަލުންގެ ބައްދަލުވުމުގައެވެ.
ޕާކިސްތާނުގެ އަސްކަރީ އޮފިޝަލް ވަނީ ޓެރަރިޒަމްގެ އަމަލުތައް އިތުރުވުމާއި ބޯޑަރު ހުރަސްކޮށް އެތެރެވުން އަދި ޓެހްރިކް-އޭ-ތާލިބާން ޕާކިސްތާން (ޓީޓީޕީ) އަށް ރިއާޔަތްކޮށް މުޅި ސަލާމަތީ ހާލަތު ވަޒަންކޮށް އަސްކަރީ އޮޕަރޭޝަން ކުރިއަށް ގެންދަން ނިންމައިފައެވެ.
އަސްކަރީ އޮޕަރޭޝަން ފަށަން ނިންމީ މި މަހުގެ ކުރީކޮޅު ކާބުލްގައި ހުންނަ ޕާކިސްތާނުގެ އެމްބަސީއަށް ދިން ހަމަލާއާއި އަފްޣާނިސްތާނުގެ ބޯޑަރު ފޯސަސް އިން ޗަމަން ބޯޑަރަށް ދިން ހަމަލާގައި ޕާކިސްތާނުގެ އާންމުންގެ ހަ މީހަކު މަރުވުމާ ގުޅިގެންނެވެ.