Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ސިޔާސީ

އިންތިޚާބާ ދިމާކޮށް ވެންޓިލޭޓަރުގައި އޮތް މަރު ކޮމިޝަން ހަނާއަޅަން ފަށައިފި: ހީނާ

އިންތިޚާބާ ދިމާކޮށް ވެންޓިލޭޓަރުގައި އޮތް މަރު ކޮމިޝަން ހަނާއަޅަން ފަށައިފި: ހީނާ
ރީޔާސީ އިންތިޚާބާ ދިމާކޮށް ވެންޓިލޭޓަރުގައި އޮތް މަރު ކޮމިޝަން ހަނާއަޅަން ފަށައިފައިވާ ކަމަށް ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. ހީނާ މިހެން ވިދާޅުވީ، ނޫސްވެރިޔާ އަޙްމަދު ރިޟްވާން ގެއްލުނު މައްސަލައިގައި، މިއަދު މަރު ކޮމިޝަނުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އިދިކޮޅު ލީޑަރު ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް ތުހުމަތުތަކެއް ކުރެއްވުމާ ގުޅިގެންނެވެ. ހީނާ ވިދާޅުވީ ސަރުކާރުގެ މަކަރުވެރިކަން، މިހާރު ވަނީ އިންތިހާއަށް ގޮސްފައި ކަމަށެވެ.
މަކަރުވެރިކަމާ ހީލަތްތެރިކަން އިންތިހާއަށް. ކޮންމެ އިންތިޚާބަކަށް ސޯލިހު ކުޅޭ ޑްރާމާ ރައްޔިތުންނަށް ސާފު.
މަރު ކޮމިޝަނުން މިއަދު ވިދާޅުވީ ރިޟްވާން ރަހީނުކޮށް މަރައިލި މައްސަލައިގައި ތުހުމަތުކުރެވޭ މުޙައްމަދު މުނާޒް ސީރިއާއަށް ފުރުވައިލީ އޭރުގެ ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ އެހީތެރިކަމާއެކުގައި ކަމަށެވެ. ކޮމިޝަންގެ މެމްބަރު މިސްބާހް އައްބާސް ވިދާޅުވީ، ރިލްވާގެ މަރުގެ ތަހުގީގެ ތެރެއިން އޭރުގެ ސަރުކާރުގެ ބައެއް އިސްވެރިންގެ ބައިވެރިވުން ފާހަގަކުރެވިފައިވާ ކަމަށާއި، ފުލުހުން، ރިޟްވާންގެ މަރުގެ މައްސަލައިގައި ކުރި ތަހުޤީޤަށް ހައްޔަރުކުރި ބައެއް ފަރާތްތައް ދޫކުރުމަށް ސަރުކާރުގެ ބައެއް އިސްވެރިން މަސައްކަތް ކުރެއްވި ކަމަށެވެ. ގެއްލުވާލާފައިވާ މީހުނާއި މަރާލާފައިވާ މީހުންގެ މައްސަލަތަކަށް އިންސާފު ހޯދައިދިނުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ގެ ރިޔާސީ ވަޢުދުފުޅެކެވެ. އެގޮތުން ރިޟްވާނަށް ވީގޮތް، ވެރިކަމުގެ ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައި ހާމަކުރެއްވުމަކީ، މި ސަރުކާރުގެ އެއް ވަޢުދެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް