ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތައް ޙައްލުކޮށް، ރާއްޖެ ހަމަޔަކަށް އެޅުވޭނީ ރައީސް ޞާލިޙަށް އިތުރު ދައުރެއް ލިބިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަަސަން ވިދާޅުވެއްޖެއެވެ.
އިކްރާމް މިއަދު ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަޝްރަހުގަ މިއަދު ޒާތީ ހަސަދަވެރިކަން އޮތީ ރާއްޖޭގެ މުސްތަގުބަލާ ދޭތެރޭ ވިސްނާ ކޮންމެ ރައްޔިތަކު ވެސް ކަންބޮޑުވާ ދަރަޖައިގައި ކަމަށެވެ.
ރާއްޖޭގެ ސިޔާސީ މަޝްރަހުގަ ޒާތީ ހަސަދަވެރިކަން އޮތް މިންވަރުން ރާއްޖޭގެ މުސްތަގުބަލާ ދޭތެރޭ ވިސްނާ ކޮންމެ މީހަކު ވެސް ކަންބޮޑުވާނެ. ރާއްޖޭގެ ހުރި ބޮޑެތި މައްސަލަތަށް ހައްލުކޮށް ރާއްޖެ ހަމަޔަކަށް އެޅުވޭނީ ރައީސް ޞާލިހަށް އިތުރު ދައުރެއް ލިބިގެން.
އޭނާ ވިދާޅުވި ގޮތުގައި ރައީސް ޞާލިޙުގެ ވެރިކަމަކީ ޑިމޮކްރަޓިކް ހަމަތަކަށް ކުރާ ޤައުމަށް ފައިދާހުރި ހަޤީޤީ ހެޔޮވެރިކަމެކެވެ.
ވެރިކަމުގެ ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ޞާލިޙުގެ ކެމްޕޭން ރަސްމީކޮށް ފަށަން ވާންޖެހޭ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ.
ފަސްއަހަރު ކަލޯވއަިކުޑައިގައަސްމާލިއްޔާކައިފި އެކަންތިކުރެވުނީ އިބޫގެސަބަބުން ދެންއަނެއްކާފަސްއަހަރު ދީފިނަމަ ކަލޯ ބަޑުފަޅައިންގޮސްދާނެ އެވަރައްކާނެ
މިކަހަލަ ދައްޔޫސުން ތަޅާ އަނގަޔަށް ނުހެއްލޭތި