ޚަބަރު ޝަރުޢީ ދާއިރާ

މިދިޔަ މަހު މާލޭގައި 170 ކައިވެނި, 119 ވަރި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

މިދިޔަ ނޮވެމްބަރު މަހުގައި މާލެ ސަރަހައްދުގައި 170 ކައިވެނި ކުރިއިރު 119 މީހުން ވަރިކޮށްފައިވާ ކަމަށް ފެމިލީ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

Ads by Sosun Fihaara

ފެމިލީ ކޯޓުން ޢާންމުކުރެއްވި ތަފާސް ހިސާބުތަކުގައިވާ ގޮތުން މިދިޔަ ނޮވެމްބަރުމަހު އެ ކޯޓަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ވަރީގެ މައްސަލަތަކެވެ. އެއީ ޖުމްލަ 157 މައްސަލައެވެ. ނިމިފައިވަނީ 150 މައްސަލައެވެ.

ވަރީގެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ވަރިވުމަށް އެދި ހުށަހެޅި 61 މައްސަލައާއި ވަރިކުރުމަށް އެދި 24 މައްސަލައާއި ވަރި ސާބިތުކުރަން ހުށަހެޅި 70 މައްސަލައެވެ.

މީގެއިތުރުން ނޮވެމްބަރުމަހުގައި ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި ކުޑަކުދިންނާ ގުޅުންހުރި 15 މައްސަލައަކާއި ގެވެށި އަނިޔާއާގުޅޭ ހަ މައްސަލައެއް ވެސް ހިމެނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!