ޚަބަރު ސިޔާސީ

ރިޟްވާންގެ މަރާ ގުޅޭގޮތުން ކޮމިޝަނުން ދެއްކީ ހޮޅި ވާހަކަ: ޝިޔާން

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މިނިވަން ނޫހުގެ ނޫސްވެރިޔާ، އަޙްމަދު ރިޟްވާންގެ މަރާ ގުޅޭ ގޮތުން މަރު ކޮމިޝަނުން ދެއްކީ ހުސް ހޮޅި ވާހަތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ޝިޔާން ވިދާޅުވެއްޖެއެވެ.

Ads by STELCO

މެމްބަރު ޝިޔާން މިހެން ވިދާޅުވީ ރިޟުވާންގެ މަރާއި ގުޅޭގޮތުން މިދިޔަ މަރު ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރެއްވި ކަންކަމަށް ފާޑު ވިދާޅުވަމުންނެވެ.

ޝިޔާން ވިދާޅުވީ ރިޟްވާން ގެއްލުނު މައްސަލައިގެ ހަޤީޤަތް މަރު ކޮމިޝަނުން ވަނީ އޮޅުވައިލައއްވައިފައެވެ. މިފަދަ މަރުތައް ސިޔާސީ ކޮށްލުމުން އޭގެ ނަތީޖާ ގޯސްވެފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

2014 ވަނަ އަހަރުގެ އޯގަސްޓްމަހު ގެއްލުނު ރިޟްވާނާ ގުޅޭ ގޮތުން މަރު ކޮމިޝަނުން އެކުލަވައިލެއްވިި ރިޕޯޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް އެރުއްވުމަށް ފަހު ބޭއްވެވި ޕްރެސް ކޮންފަރެންސްގައި ކޮމިޝަނުން ވަނީ އިދިކޮޅު ލީޑަރު، އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަށް ތުހުމަތުތަކެއް ކުރައްވައިފައެވެ.

މިގޮތުން، މި މައްސަލައިގައި ޝާމިލުވާ މީހުންގެ ތެރޭގައި ހިމެނޭ މުނާޒު ސީރިއާއަށް ފުރުވާލުމަށް، އޭރުގެ ރައީސްކަމުގައި ހުންނަވައި، ރައީސް ޔާމީން އެހީތެރިވެވަޑައިގެންނެވި ކަމަށްވެސް އޭނާ ވަނީ ތުހުމަތު ކުރައްވައިފައެވެ.

ކޮމިޝަނުން ބުނި ގޮތުގައި މުނާޒް ވަނީ ރިޟްވާން މަރައިލި ގޮތާއި އެކަމުގައި ބައިވެރިވި މީހުން، ރައީސް ޔާމީނަށް ކިޔައިދީފައެވެ. ފާހަގަކޮށްފައެވެ.

 

Ads by Ooredoo
  1. އަބްދޫ

    ރިޒްވާނު ވަގަށް ނެގުމުގަ އަޅުގަނޑު ސައްކުކުރަނީ ގ،ކެނެރީގެ މުހަންމަދު ނަސީދު އަށް ސަބަބަކި 1 މިނިވަންނޫހާއި އައިރިސްޓައިމަގް ގ. ކެނެރީގެ މުހަންމަދު ނަސީދުގެ ފޮޓޯޖަހާފަ ފޯމަރ ޕްރެޒިޑެންޓް ޖަހާފަ ނަސީދުގެ ލާދީނީ ލިއުންތަކެއް އަހްމަދު ރިޒްވާނު ލިޔެފަ ހުރިކަން. 2 ނޫހުގަ ހުރި ލިއުންތަކުން މުހަންމަދު ނަސީދުގެ ލަދިނީ ލިއުންތަކުގެ އަސްލު ތައް އަހްމަދު ރިޒްވާނުގެ އަތުގަ ހުންނާނެކަން 3 މިނިވަން ނޫހާއި އައިރިސްޓައިމްގަ ހުރި ނަސީދުގެ ލަދިނީ ލިއުން އެ ދެނުހުގަ ހުންނަތާ އަހަރެއްހާދުވަސް ވިފަހުން ރިޒްވާނު ވަގަށް ނެގުމަށްފަހު މިނިވަން ނޫހާއި އައިރިސްޓައިމްގަ ހުރި ލިއުންތަކަކީ ނޫސްވެރިޔާގެ އަމިއްލަ ހިޔާލުކަމަށް ބުނެ ނޫސްބަޔާނެއް ނެރެފައިވުން. 4 އަހްމަދު ރިޒްވާނު މިނިވަންނޫހުންވަކިވެ އެއާޕޯޓް ކޮމްޕެނިގެ ވަޒިފައަށް ފިއުލްއަށް ވަދެފަ ވާކަން. 5 މިނިވަން ނޫހަކު ގ. ކެނެރީގެ މުހަންމަދު ނަސިދު ހިންގާ ނޫހަކަށް ވާއިރު ފުރަތަމަ ދުވަހުންފެށިގެން އެލިއުންތައް ނަސިދު އަށް ފެނިފަ ހުންނާނެ އިރު 2014 އީގަސްޓް 7 ން 19 2އާދެމެދުގަ އެ ނޫސްބަޔާން ނެރެން ލަސްވުމުގަ ވަރަށް ބޮޑު ސަބަބުތަކެއް ހުންނާނެކަން. ދީނީމީހުން ބޮލުގަ އިލްޒާމް އެޅުވި އިރު އިސްލަމްދިނައި އެއްވެސް ދެކޮޅުވެރިކަމެއް ހަޖުލެއްޖެހުމެއް ވިޔަސް ރިޒްވާނު ހިންގާފަ ނުވާއިރު އަހްމަދު ރިޒްވާނަކީ 5 ވަގުތު ބަރާބަރަށް ނަމަދު ކުރާ މިހަކަށްވާކަން. މިހުރިހާ ސަބަބުތަކަށް ވިސްނާއިރު އަހްމަދު ރިޒްވާނު ގެއްލުމާއި ނޫސްބަޔާނާއި ގުޅުން ހުރިކަމަށް ވިސްނޭ.ހުރިހާ ނޫސްތަކާ ޓިވީ ތައް ކޯޓްއަމުރެއްގެދަށުން ބަލާ މި ނޫސްބަޔާންހޮދާފަ ތަހުގީގު ފެށުމަށް ފުލުހުންނަށް ގޮވާލަން.

  2. އަބްދޫ

    އަހްމަދު ރިޒްވާނު މިނިވަން ނޫހާއި އައިރިސްޓައިމްގަ ލިޔެފަހުރި ނަސިދުގެ ފޮޓޯޖެހި ލިއުންތަކުގެ ސަބަބުން މަންފާއެއްލިބުނަސް އަދި ގެއްލުމެއް ލިބުނަސް އެކަން ލިބިގެންދާނީ އެ ލިއުން ނިސްބަތްވާ ގ. ކެނެރިގެ މުހަންމަދު ނަސީދަށް ކަން. މަންފާއަކީ އެލިއުމުގެ ސަބަބުން ކްރިސްޓިއަންދީން ޕްރޮމޯޓްވާކަން . ގެއްލުމަކީ އެލިއުމުގެ ސަބަބުން އިސްލާމީ އިލްމުވެރިންނާއި އިސްލާމީ އަގީދާގަ ތިބޭ ދިވެހިރައްޔިތުން ނަސިދާް ނަފްރަތު ކުރާނެ ކަން.