Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ނޭމާ ރިޓަޔަރ ނުވުމަށް އެދި ބްރެޒިލްގެ ކުޅުންތެރިން އާދޭސް ކުރަނީ

ނޭމާ ރިޓަޔަރ ނުވުމަށް އެދި ބްރެޒިލްގެ ކުޅުންތެރިން އާދޭސް ކުރަނީ

ފީފާ ވޯލްޑްކަޕް ގަތަރު 2022ގެ ކުއާޓަރފައިނަލުގައި، ފުޓްބޯޅައިގެ ރަސްގެފާނު ބްރެޒިލް، މުބާރާތާ އަލްވަދާއު ކިޔާފައިވަނީ ހިތި ގޮތަކަށެވެ. ޓީމުގެ ހިތްދަތި ނިމުމާއެކު، ބްރެޒިލްގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ނޭމާއަށް ވަނީ އިންތިހާ ދަރަޖައިގެ މާޔޫސްކަން ލިބިފައެވެ.

ކުއާޓަރ ފައިނަލްގައި، ބްރެޒިލް ބަލިވީ، ކްރޮއޭޝިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ޕެނަލްޓީ ޖަހައިގެންނެވެ. ކްރޮއޭޝޮއާ މުބާރާތް ނިންމައިލީ ތިންވަަނަ ޓީމުގެ ގޮތުގައެވެ.

ގޯލް.ކޮމްއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި، ދުނިޔޭގެ ތައްޓަށް ކުޅޭ މުބާރާތުން ލިބުނު ނާކާމިޔާބީއާއެކުވެސް، ޓީމާއެކުގައި ކުރިއަށް ދިޔުމަށް، ބްރެޒިލްގެ ޤައުމީ ޓީމުގެ ކުޅުންތެރިން ވަނީ ނޭމާގެ ކިބައިން އެދިފައެވެ.

Advertisement
Allied Insurance — Square (box)

ވޯލްޑްކަޕުން ލިބުނު ބޮޑު ބައްޔާއެކު، ޤައުމީ ޓީމާ ދުރަށް ދިޔުމަށް ނޭމާ ނިންމާފައި އޮތް ކަމަށް މީގެ ކުރިން މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

 

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް