Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އެހެން ޕާޓީތަކުގައި ތިބި އެމްޑީޕީ މެންބަރުން ޝަކުވާ ހުށަހެޅުމުން ރުޖޫއަކުރަނީ

އެހެން ޕާޓީތަކުގައި ތިބި އެމްޑީޕީ މެންބަރުން ޝަކުވާ ހުށަހެޅުމުން ރުޖޫއަކުރަނީ

މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީއަށް ސޮއިކޮށްފައި ތިބި މެމްބަރުންގެ ތެރެއިން ބަޔަކު އެ މީހުންނަށް ނޭނގި އެހެން އެއްވެސް ޕާޓީއަކަށް ވައްދާފައިވާ ނަމަ އެމެންބަރަކު ރުޖޫއަކޮށްދޭނެ ކަމަށް ޕާޓީން ވިދާޅުވެއްޖެއެވެ.

އެ ޕާޓީން މިއަދު ކުރި ޓްވީޓެއްގައި ވަނީ އެމްޑީޕީގެ އެއްވެސް މެންބަރަކަށް ނޭނގި އެހެން ޕާޓީއަކަށް ވައްދާފައިވާ ނަމަ އެކަމަށް ހާއްސަ ފޯމް ފުރިހަމަކުރަން ހުޅުވާލާފައިފަ އެވެ. އަދި އެ ފޯމްތައް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށައެޅުމުން އެކަން ބަލައި އެ މެންބަރަކު އެމްޑީޕީ އަށް ރުޖޫއަކޮށް ދޭނެ ކަމަށް ވެސް އެ ޕާޓީން ކުރި ޓްވީޓްގައި ވިދާޅުވިއެވެ

އަަންނަ މަހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އޮންނައިރު، ޕްރައިމަރީއަށް ޓާގެޓްކޮށް، ގިނަ ބަޔަކު ޕާޓީން ވަކިކޮށްފައިވާ ކަމަށް ރައީސް ނަޝީދު ވަނީ ތުހުމަތު ކުރައްވާފައެވެ.

Advertisement
Allied Insurance — Square (box)

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވަން ބާއްވާ ޕްރައިމަރީ އޮންނާނީ އަންނަ މަހުގެ 28 ގަ އެވެ. އިންތިޚާބުގައި ވާދަކުރައްވަނީ އިބްރާހީމް މުހައްމަދު ރައީސް ސޯލިހާއި ނަޝީދެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް