Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ނުކުޅެދޭ މީހުންނަށް ހާއްސަ 491 ވީލްޗެއާ ރޭމްޕް ހުޅުމާލޭގައި

ނުކުޅެދޭ މީހުންނަށް ހާއްސަ 491 ވީލްޗެއާ ރޭމްޕް ހުޅުމާލޭގައި

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކުރިމަތިވާ ދަތިތައް ހައްލުކުރުމުގެ ގޮތުން ހުޅުމާލޭގައި 491 ވީލްޗެއާ ރޭމްޕް އެޗްޑީސީ އިން ގާއިމުކޮށްފިއެވެ.

އެޗްޑީސީ އިން މިމަސައްކަތް ފެށީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ގިނަ ބަޔަކު ދިރިއުޅެމުން ދާއިރު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަގުމަތީގައި ހިނގާބިނގާވެ އުޅުމަށް ކުރިމަތިވާ ދަތިތައް ހައްލުކުރުމުގެ ގޮތުން ކަމަށް އެކުންފުނިން މައުލޫމާތު ދެއެވެ.

އެޗްޑީސީއިން ވަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ އިތުރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައިވެސް ވީލްޗެއާ ރޭމްޕް ގާއިމްކޮށްފަ އެވެ. މިގޮތުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ކޮންމެ ޓަވަރަކުން ބޭރަށް ނިކުތުމަށް ހާއްސަކޮށް ވީލްޗެއާ ރޭމްޕެއް ވަނީ ގާއިމުކޮށްފައެވެ.

Advertisement
Allied — Dhen Online (box)

ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ވީލްޗެއާ ރޭމްޕް ގާއިމުކުރުމުން ނުކުޅެދޭ މީހުންނަށް އެހެން މީހެއްގެ އެހީއާ ނުލައި ބޭނުންވާ ކަންކަން ކުރުމަށް ފަސޭހަތަކެއް ލިބޭނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ކަންކަން ފޯރުކޮށްދިނުމަށް އެޗްޑީސީ އިން އަބަދުވެސް މަސައްކަތްކުރާ ކަމަށް އެކުންފުނިން ބުނެ އެވެ. މިގޮތުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބީޗުގައިވެސް ވީލްޗެއާ ރޭމްޕް ގާއިމުކުރުމުގެ މަސައްކަތް އެޗްޑީސީ އިން ދަނީ ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް