އެތައް ދުވަހަކަށް ފަހު ރައީސް މައުމޫން އަތޮޅުތެރެއަށް ވަޑައިގަތުމުން، ހޫނު މަރުޙަބާއެއްް
 
                                                    މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ޒަޢީމް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމް އިއްޔެ ށ.މިލަންދޫއަށް ވަޑައިގަންނަވައިފިއެވެ.
ކުރީގެ ރައީސް މައުމޫންގެ މި ދަތުރުފުޅަކީ މިލަންދޫގައި މީހުން ވަޒަންވެރިވި ދުވަސް ފާހަގަކުރުމަށް ބާއްވާ ހަފުލާގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މިލަންދޫ ކައުންސިލާއި ރައްޔިތުންގެ ދަޢުވަތަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސް މައުމޫން އެ ރަށަށް ވަޑައިގަތުމުން ގިނަ ބަޔަކު ވަނީ އެ މަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވައިފައެވެ.
މާކަނޑޫދޫ އަކީ އެކަށީގެންވާ ބޮޑު ރަށެއް ކަމުގައި ވިޔަސް އެ ރަށުގައި ދިރިއުޅުމަށް ދަތިވާ ވަރަށް ބޮޑެތި ގިނަ މައްސަލަތައް ހުރުމުން އެހެން ރަށަކަށް ބަދަލުވުމަށް އެ ރަށު ރައްޔިތުން އެދުނީ ރައީސް ސުއްމުވުލްއަމީރު މުޙައްމަދު އަމީންގެ ދައުރުގައެވެ. ނަމަވެސް މާކަނޑޫދޫ ރައްޔިތުން މިލަންދޫގައި ވަޒަންވެރިކުރުމުގެ މަސައްކަތަކީ ރައީސް މައުމޫންގެ ޒައާމަތުގައި ފަށައި އެއްކޮށް ނިންމުނު މަސައްކަތެކެވެ.
 
  
  
            
                     
            
                     
            
                     
            
                    
 
		
 
		
 
		
 
		
