ޚަބަރު ސަރުކާރު

ޓީޗަރުންގެ އެންމެ ބޮޑު ކޮންފަރެންސް ފަށައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ތަޢުލީމީ ދާއިރާގެ އެންމެ ބޮޑު ކޮންފަރެންސް ކަމުގައިވާ ޓީޗަރސް ކޮންފަރެންސް މިއަދު ހދ. ކުޅުދުއްފުށީގައި ފަށައިފިއެވެ.

Ads by STELCO

މި ކޮންފަރެންސް ފައްޓަވައި ދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢައިޝަތު ޢަލީ އާއި ފަސްޓްލޭޑީ ފަޒްނާ އަޙުމަދެވެ.

މާދަމާގެ ނިޔަލަށް ކުރިއަށްދާ މި ކޮންފަރެންސްގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ 220 އަށް ވުރެ ގިނަ ޓީޗަރުން ބައިވެރިވެވަޑައިގަންނަވާއިރު، ރާއްޖެން ބޭރުންވެސް ޓީޗަރުން ބައިވެރިވެވަޑައިގަންނަވައެވެ.

ޓީޗަރުންގެ ބައިވެރިވާ ޤައުމުތަކުގެ ތެރޭގައި ބަންގްލަދޭޝް، އިންޑިއާ، މެލޭޝިއާ އަދި ތުރުކީގެ ޓީޗަރުން ހިމެނެއެވެ.

މި ކޮންފަރެންސްގައި ތަފާތު އެކި ދާއިރާތަކުން 43 ޢިލްމީ ދިރާސާ ކަރުދާސް ހުށައަޅައި، ހަތަރު ވޯކްޝޮޕް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވެއެވެ.

އަދި ތަޢުލީމީ ދާއިރާއާއި ގުޅޭ ދެ ޕެނަލް ޑިސްކަޝަނެއް ވެސް ކުރިއަށް ގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!