އެންމެ ބޮޑެތި މުލުވަގުން ތިބީ ގޭގައި ކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަޙްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ކުރީގެ ޕީޖީ އަދި ޤާނޫނީ ވަކީލު މުޢިއްޒު މިހެން ވިދާޅުވެފައިވަނީ ކުރީގެ ރައީސް ޢަބްދުﷲޔާމީން ޢަބްދުލްޤައްޔޫމަށް ކްރިމިނަލް ކޯޓުން އިއްޔެ އިއްވެވި 11 އަހަރުގެ ޖަލު ޙުކުމާ ގުޅިގެންނެވެ.
އެ ޙުކުމާ ގުޅިގެން މުޢިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެންމެ ބޮޑެތި ވަގުން ތިބީ ގޭގައި ކަމަށާއި އަނެއް ބަޔަކު ތިބީ ރާއްޖެއިން ބޭރުގައި ކަމަށެވެ.
މުޢިއްޒު އެ ޢިޝާރާތް ކުރައްވަނީ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުﷲ ޒިޔަތުއަށް ކަމަށް ބެލެވެއެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫރިޒަމް ބޭނުމަށް ރަށްތަކާއި ފަޅުތައް ދޫކޮށްގެން ހިންގި 3.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގައި އިސްކޮށް އުޅުއްވާފައިވާ އަދީބުގެ މައްޗަށް ދައުލަތުން ހަތް ދަޢުވާއެއް ކުރިއެވެ. އެ ހުރިހައި ދަޢުވާތަކަށް ވަނީ 20 އަހަރު ދުވަހުގެ ޖަލު ޙުކުމެއް އިއްވަވައިފައެވެ. ނަމަވެސް އޭނާ ހުންނަވަނީ ގޭގައެވެ. ޒިޔަތުއަށް ވެސް 11 އަހަރުގެ ޙުކުމެއް އިއްވާފައިވާއިރު އޭނާ ވެސް ހުންނަވަނީ ގޭގައެވެ.
ކިހާ ސަޅިކޮށް އިންސާފު ހޯދާދޭ ގައުމެއް. މިވަރުންދަންޏާ މާކަ ގިނަދުވަހެނުވަނީސް އެންމެން ދަގަޑު ދަހަނާ އަޅަންޖެހިދާނެ.