Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ވެރިކަމާ ހަވާލުވެ ވަޑައިގަތްއިރު ޤައުމު އޮތީ ފަސާދަކޮށްލާފައި, މަސައްކަތް ކުރަމުން އަންނަނީ އެއްބައިވަންތަ ކުރަން: ރައީސް ޞާލިޙް

ވެރިކަމާ ހަވާލުވެ ވަޑައިގަތްއިރު ޤައުމު އޮތީ ފަސާދަކޮށްލާފައި, މަސައްކަތް ކުރަމުން އަންނަނީ އެއްބައިވަންތަ ކުރަން: ރައީސް ޞާލިޙް
ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ބަޔަކު އޮތީ ގައުމު ފަސާދަކޮށް ބައިބައި ކޮށްލާފައި ކަމަށާއި، ވެރިކަމުގައި މިހާތަނަށް ހޭދަކުރެއްވި ދުވަސްތަކުގެ ތެރެއިން ކޮންމެ ދުވަހަކު ވެސް މަސައްކަތް ކުރެއްވީ ދިވެހިންގެ އެއްބައިވަންތަކަން ދަމަހައްޓަން ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް މިހެން ވިދާޅުވީ، މ. ކޮޅުފުށީގައި މިއަދު އޮތް ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޞާލިޙްގެ ވާޙަކަފުޅުގައި ވިދާޅުވީ، އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރަނީ ސުނާމީ ކާރިސާގައި ހާލުގައި ޖެހުނު މީހުންނަށް އެހީތެރިވުމަށް ދިވެހިން ދެއްކި ނަމޫނާ ފާހަގަ ކުރުން ކަމަށް ވީނަމަވެސް، ދިވެހި ރާއްޖެ އަށް އިރު އަރާ އިރުއޮއްސޭ ކޮންމެ ދުވަހަކީ ދިވެހިންގެ އެއްބައިވަންތަ ކަމުގެ ދުވަހެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
"އެ ހިތާމަވެރި ދުވަހު ދިވެހިންގެ މެދުގައި ހަމަނުޖެހުން ނުއުފެދުނީ ދިވެހިންގެ ޒަމާންވީ އެއްބައިވަންތަކަމުގެ ސަބަބުން،" ރައީސް ޞާލިޙް ވިދާޅުވިއެވެ.
ރައީސް ޞާލިޙްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ސިޔާސީ ބޭނުންތަކަށް ޓަކައި ވަކި ބަޔަކު ގަސްތުގައި ހަމަޖެހުން ނަގާލަމުން ދިޔަ ކަމަށާއި ވެރިކަމުގައި ހުންނެވި ކޮންމެ ދުވަހަކު ވެސް މަސައްކަތްޕުޅު ކުރައްވާނީ އެކަން ކާމިޔާބުވެ ނުދިމަށްޓަކައި ކަމަށެވެ. "އެހެންވެ ދިވެހިންގެ މެދުގައި ކުރިން އޮތް އެއްބައިވަންތަކަން އާލާ ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ،" ރައީސް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް