Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އިންތިޚާބީ ފެކްޝަން އެކުލަވާލި ޤައުމީ މަޖިލީހުގައި ބޮޑު ކޯޅުމެއް!

އިންތިޚާބީ ފެކްޝަން އެކުލަވާލި ޤައުމީ މަޖިލީހުގައި ބޮޑު ކޯޅުމެއް!

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިޚާބީ ކޮމިޓީއަށް އައްޔަން ކުރާ ފަސް މެންބަރުންގެ ނަން އެ ޕާޓީގެ ޤައުމީ މަޖިލީހުން ފާސްކޮށްފިއެވެ.

މިއަންނަ މަހު 28 ވަނަ ދުވަހު އޮންނަ މި އިންތިޚާބުގައި ވާދަ ކުރުމަށް ނަން ހުށަހަޅުއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިިބްރާހީމް މުޙައްމަދު ޞާލިޙާއި، މަޖިލީހުގެ ރައީސް، ރައީސް ނަޝީދެވެ.

ދެ ބޭފުޅުންނަށް ސަޕޯޓް ކުރައްވާ ބޭފުޅުންގެ މެދުގައި ބޮޑު ވާދަވެރިކަމެއް އޮތްއިރު، މިރޭ ތާޖުއްދީން ސްކޫލް ހޯލުގައި އޮތް ޤައުމީ ޖަލްސާގައި ވެސް ދެ ކޯލިޝަނަށް އެއް ގަލަކަށް ވަނީ ނޭރިފައެވެ.

Advertisement
Allied Insurance — Square (box)

ރައީސް ޞާލިޙްގެ ފަރާތުން ނަން ހުށަހެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަމީމެވެ.

އެއީ؛ އިބްރާހިމް ވަހީދާއި އަކްރަމް ކަމާލުއްދީނާއި، އަޙްމަދު އަބްދުﷲ އަފީފާއި، އަނަސް އަބްދުއްސައްތާރާއި، މުހައްމަދު އީމާނެވެ.

ނަން ހުށަހެޅުމަށް ލިބުނު ފުރުސަތުގައި، ރައީސް ނަޝީދަށް ތާއީދު ކުރައްވާ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ، ނަޝީދު ބޭނުންވާ ދެ ކެނޑިޑޭޓުންނާއި ރައީސް ބޭނުންވާ ދެ ކެނޑިޑޭޓުން ކޮމިޓީ އަށް އައްޔަން ކުރުމަށް ފެނިވަޑައިގަންނަވާ ކަމަށެވެ. އެއީ އިންތިޚާބު ވީހާ ވެސް އޮމާންކޮށް ގެންދިއުމަށް ކަމުގައި ވިދާޅުވިއެވެ.

އާޒިމްގެ އެ ހުށަހެޅުއްވުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ތާއީދު ކުރެއްވިއެވެ.

ނަމަވެސް ރިޔާސަތުގައި އިންނެވި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް އެކަމަށް ތާއީދެއް ނުކުރެއްވިއެވެ. އަދި ވިދާޅުވީ 5 މެންބަރުންގެ ނަން ހުށަހެޅުމަށެވެ. ނަޝީދުގެ ފެކްޝަނުން ތިން ނަމެއް ހުށަނޭޅުމުން ފައްޔާޒް ވިދާޅުވީ އެ ނަންތަކަށް ވޯޓަށް ނޭހޭނެ ކަމަށެވެ.

ރައީސް ނަޝީދުގެ ފެކްޝަނުން ބޭނުންފުޅުވި ގޮތަށް ނަން ހުށަހެޅުމަށް ފުރުސަތު ލިބިވަޑައިނުގަތުމުން، އެ ފެކްޝަނުގެ މެންބަރުން ވަނީ ވޯޓްގައި ބައިވެރިނުވާން ނިންމާފައެވެ. އަދި ޖަލްސާ ދޫކޮށް ވަނީ ވަޑައިގެންފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް