Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މެނިފެސްޓޯގައި ނިޒާމީ ވޯޓެއްގެ ވާހަކައެއް ނެތް: ރައީސް ޞާލިޙް

މެނިފެސްޓޯގައި ނިޒާމީ ވޯޓެއްގެ ވާހަކައެއް ނެތް: ރައީސް ޞާލިޙް

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމަށް ވަޑައިގަތީ ކޯލިޝަނަކާއެކުގައި ކަމަށާއި ކޯލިޝަނުން އެކުލަވާލި މެނިފެސްޓޯގައި ނިޒާމީ ވާހަކައިގެ ވާހަކަ ނޯންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވެފައިވަނީ ހަ މަހަށްފަހު ނޫސްވެރިންނާ ބައްދަލު ކުރައްވާ މިއަދު ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްކަވަމުންނެނެވެ.

"ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީއެއްގެ މަޝްވަރާގެ މަތިން އަޅުގަނޑުމެން މެނިފެސްޓޯއެއް އެކުލަވާލިން. އެ މެނިފެސްޓޯގައި ނިޒާމީ ވޯޓެއް މި ފަސް އަހަރުގައި ނަގާނެ ވާހަކައެއް. ތަންފީޒް ކުރަމުން މިދަނީ އެ މެނިފެސްޓޯ" ވެރިކަމުގެ މެދު ތެރެއިން ނިޒާމޯ ވޯޓެއް ނަގަން ރައީސް ޞާލިޙް އެއްބަސްވެ ވަޑައިގެންނެވި ކަމަށް ވިދާޅުވި ވާހަކަފުޅަށް ރައްދު ދެއްވަމުން ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

ރައީސް ޞާލިޙް ވިދާޅުވީ، އެއްވެސް ހާލެއްގައި އެ މެނިފެސްޓޯގެ ތެރޭގައި މި ފަސް އަހަރުގެ ތެރޭގައި ނަގާ ވާހަކައެއް ނެތް ކަމަށާއި އެކަން ކުރެވޭނަމަ ކުރެވޭނީ ކޯލިޝަންގެ ލަފާގެ މަތިން ކަމަށެވެ.

"މި ދައުުރުގެ ތެރޭގައި ކުރިޔަށް ދެވޭނެ ކަމަށް ނުދެކެން" ރައީސް ޞާލިޙް ވިދާޅުވީ ފަސް އަހަރުގެ ދައުރުގައި ނިޒާމީ ވޯޓެއްގެ ވައުދު އެމަނިކުފާނު ވެވަޑައިގެންފައި ނުވާ ކަމަށެވެ.

"އޭގައި ނެތް ކަމެއް ކުރަން ވެއްޖެ ކަމަށް އަޅުގަނޑު ދެން ކުރަން ޖެހޭނެ ކަމަކީ މަޝްވަރާކުރުން"

ތަފްސީލް އަންނަނީ

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް