Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ވެރިކަމަށް އާދެވޭނީ ކޯލިޝަނަކާއެކު، އެމްޑީޕީއަށް މިކަން ކާމިޔާބު ކުރެވޭނީ އަޅުގަނޑަށް: ރައީސް ޞާލިޙް

ވެރިކަމަށް އާދެވޭނީ ކޯލިޝަނަކާއެކު، އެމްޑީޕީއަށް މިކަން ކާމިޔާބު ކުރެވޭނީ އަޅުގަނޑަށް: ރައީސް ޞާލިޙް

އެމްޑީޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބުކޮށްދިނުމުގެ ފުރުސަތު އެންމެ ބޮޑީ އެމަނިކުފާނަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ، މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް ނިންމަވައި ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ރައީސް ވަނީ ފޯމު ހުށަހަޅުއްވާފައެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ޞާލިޙް ވާދަކުރައްވާނީ އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދެވެ.

Advertisement
Allied — Dhen Online (box)

ރައީސް ޞާލިޙް މިއަދު ވިދާޅުވީ، ރާއްޖޭގެ މިވަގުތުގެ ސިޔާސީ ހާލަތު އޮތް ގޮތުން އެއްވެސް ޕާޓީއެއް އެކަނި ނިކުމެ އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އަދި އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް އެމަނިކުފާނު ނިންމެވީ އެމްޑީޕީއަށް އެންމެ ފައިދާވާނެ ގޮތަކީ އެކަމަށް ޤަބޫލު ކުރައްވާތީ ކަމަށް ވިދާޅުވިއެވެ.

"ސިޔާސީ ގޮތުން ހިޔާލު އެއްގޮތް ނޫން މީހުންނާ އެކު ވެސް ކޯލިޝަން ހަދައިގެން ރިޔާސީ އިންތިހާބު 2023 ކާމިޔާބު ކުރެވޭނެ." ރައީސް ޞާލިޙް ވިދާޅުވިއެވެ.

"އެހެންވީމަ އެމްޑީޕީން ނިކުންނަ ކެންޑިޑޭޓަކީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކާ 50 ޕަސެންޓް ހުރަސް ކުރެވޭނެ ކެންޑިޑޭޓަކަށް ވާން ޖެހޭނެ."

ތަފްސީލް އަންނަނީ

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް