Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ނަޝީދު ބޭނުންފުޅުވަނީ ބޮޑު ވަޒީރުކަން، ރައީސް ކަމެއް ނޫން: ރައީސް ޞާލިޙް

ނަޝީދު ބޭނުންފުޅުވަނީ ބޮޑު ވަޒީރުކަން، ރައީސް ކަމެއް ނޫން: ރައީސް ޞާލިޙް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅުވެގެން އުޅުއްވަނީ ބޮޑުވަޒީރުކަން ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ކަން ބޭނުންފުޅު ނުވާ ކަމަށް ރައީސް ޞާލިޙް ވިދާޅުވެއްޖެއެވެ.

މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޞާލިޙް ވިދާޅުވީ، ރައީސް ނަޝީދު ބޭނުންފުޅުވަނީ ބޮޑު ވަޒީރުކަންކަމަށް އަމިއްލަފުޅަށް ވިދާޅުވެފައިވާ ކަމަށެވެ.

"ވަރަށް ސާފުކޮށް އެކަމަށް ރައީސް ނަޝީދު ޖަވާބު ދެއްވާފައި ވަނީ،" ރައީސް ޞާލިޙް ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

ރައީސް ޞާލިޙްވަނީ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނާއި ރައީސް ނަޝީދާ ދެމެދު ޖެހިގެން އުޅޭ މައްސަލައާ ގުޅޭ ގޮތުން ވެސް ވާހަކަފުޅު ދެއްކެވިއެވެ. އެ ގޮތުން ވިދާޅުވީ މި ވަގުތު ހިޔާލު ތަފާތުވުން އުފެދި އޮތް މައިގަނޑު ސަބަބަކީ ވެރިކަމުގައި ހުރުމާއި ގުޅޭ ގޮތުން ކަމަށެވެ. އަދި ރައީސް ނަޝީދަކީ ވެރިކަމުގައި ހުންނަވަން ބޭނުންފުޅުވާ ބޭފުޅެއް ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ނަޝީދާ ހިޔާލުތަފާތުވާ ވަރަށް ގިނަ ސިޔާސީ މައްސަލަތައް ހުންނަ ކަމަށާއި ނަމަވެސް މަޝްވަރާގެ އުސޫލުން ކަންކަން ނިންމުމުން އެ ނިންމާ ގޮތަކަށް އެމަނިކުފާނު ހުންނަވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޞާލިޙް ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަކީ އެމްޑީޕީންވެސް އެންމެ އެދޭނެ ގޮތް ކަމަށެވެ. ނަމަވެސް އެމްޑީޕީން ނުކުންނަ ކެންޑިޑޭޓަކީ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށްޓަކައި 50 ޕަސެންޓް ހުރަސް ކުރެވޭނެ ކެންޑިޑޭޓަށް ވާންޖެހޭނެ ކަމަށް ވިދާޅުވިއެވެ.

 

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް