Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ރައީސް ވިދާޅުވަނީ އިންފްލޭޝަން މައްޗަށް ދިޔަަސް، ރައްޔިތުންނަށް ބުަރައަކަށް ނުވާނެ ކަމަށް

ރައީސް ވިދާޅުވަނީ އިންފްލޭޝަން މައްޗަށް ދިޔަަސް، ރައްޔިތުންނަށް ބުަރައަކަށް ނުވާނެ ކަމަށް
އިންފްލޭޝަން މައްޗަށް ދިޔަސް، އެއީ ރައްޔިތުންނަށް އެހައި ބޮޑު ބުރައަކަށް ނުވާނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. ހަމަސް ދުވަސް ފަހުން، މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ޞާލިޙު ވިދާޅުވެފައިވަނީ އިންފްލޭޝަން މައްޗަށް ދާނެ ކަމަށާއި، ނަމަވެސް އެއީ ރައްޔިތުންނަށް ނުދެއްކޭވަރުގެ އެއްޗަކަށް ނުވާނެ ކަމަށެވެ.
"ރައްޔިތުންނަށް އޭގެން ވަަރަށް ބޮޑު ތަކްލީފެއް އުފުލަން ޖެހޭ ހިސާބަށް ކަންތައް ގޮސްފިއްޔާ، ކުރަން ޖެހޭ ކަންކަން އަޅުގަނޑުމެން ކުރާނަން."
ރައީސް ވިދާޅުވީ އަންނަ އަހަރުން ފެށިގެން ޓެކްސް ބޮޑު ކުރަން ސަރުކާރުން ނިންމާފައިވާއިރު، އިތުރުވާ ޓެކުހާއެކުގައި، އިންފްލޭޝަން ފަސް އިންސައްތަ މައްޗަށް ހިނގައިދާނެ ކަމަށެވެ. ޓެކްސްއަށް ގެނެސްފައިވާ ބަދަލުތަކާއި އެކު ރާއްޖޭގައި ތަކެތީގެ އަގުތައް އުފުލި އާއްމުންނަށް އޭގެ ބުރަ އުފުލަންޖެހޭނެ ކަމަށް އިދިކޮޅު ފަރާތްތަކުންދަނީ ބުނަމުންނެވެ. މިކަމަށް ރައްދުދެއްވާ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މީގެ ކުރިން ވިދާޅުވީ ޖީއެސްޓީ ބޮޑުކުރުމުން އިންފްލޭޝަނަށް އަސަރުކުރާނެ ކަމަށެވެ. އެގޮތުން މިއަހަރު ނިމޭއިރު ރާއްޖޭގެ އިންފްލޭޝަން ރޭޓު ހުންނާނީ %3ގައި ކަމަށާއި، އަދި އަންނަ އަހަރު ރާއްޖޭގެ އިންފްލޭޝަން ރޭޓު ހުންނާނެ ކަމަށް ލަފާކުރެވެނީ %5.4ގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް