ދުނިޔެ

އަންހެނުންނަށް ތައުލީމަކީ ޙައްޤެއް: ޔޫއެން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަފްޣާނިސްތާންގެ އަންހެން ކުދިންނަށާއި އަންހެނުންނަށް އާންމު ދިރިއުޅުގައި އޮތް ފުރުސަތު ހަނިކޮށް ތައުލީލު އުނގަންނައިދިނުން ފަދަ މާނަވީ ހައްގުތައް ނިގުޅައި ނުގަތުމަށް އދގެ ސަލާމަތީ މަޖިލީހުން ތާލިބާނުންނަށް ގޮވާލައިފިއެވެ.

Ads by Sosun Fihaara

އދ.ގެ ސަލާމަތީ މަޖިލީހުން ތާލިބާނުންގެ ކިބައިން އެދިފައި ވަނީ ދިރިއުޅުމުގެ ހާލަތްތަކުން އަންހެނުން ބާކީވާ ގޮތަށް ސިޔާސަތުތަކާއި އުސޫލުތައް ނުހެދުމަށެވެ.

ސިޔާސަތުތައް ބިނާްކުރަން ޖެހޭނީ ސަލާމަތީ މަޖިލީހުން ބުނި ގޮތުގައި އިންސާނީ ހައްގުތައް ކަށަވަރު ކުރެވެމާ އެކު މިނިވަންކަމާއި އިހުތިރާމްގެ މައްޗަށެވެ.

އަފްޣާނިސްތާންގެ ޔުނިވާސިޓީތަކުގައި އަންހެނުންނަށް ތައުލީމު ދިނުމަކީ މަނާ ކަމެއް ކަމަށް ތާލިބާނުންގެ މިނިސްޓްރީ ތަކުން ކަނޑައަޅާފައި އޮތް އޮތުން ކުށްވެރިކޮށް 15 މެމްބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އަންހެން ކުދިންނަށް މަތީ ތައުލީމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ތާލިބާން ސަރުކާރަށް ލާޒިމުކަމެއް ކަމަށް ވެސް މަޖިލީހުން ބުނެ އެވެ. ބައިނަލްއަގްވާމީ މުއާހަދާތަކާ އެއްގޮތަށް އަންހެނުންގެ ހައްގުތައް ކަށަވަރު ކުރުމަށް ވެސް މަޖިލީހުން ވަނީ ގޮވާލާފައެވެ.

އަފްޣާއް ރައްޔިތުންނާ މެދު ތާލިބާނުން އަމަލުކުރާ ގޮތުން އެއީ ބޭކާރު ބައެއް ގޮތުގައި ގިނަ ބަޔަކު ދެކޭ ކަމަށް ވެސް ސަލާމަތީ މަޖިލީހުން ބުނެ އެވެ. ހައްގުތައް ކަށަވަރު ކުރުމުގައި އެއް ހަމަޔަކުން އަމަލުކުރުމަށް ވެސް ސަލާމަތީ މަޖިލީހުން ނަސޭހަތްތެރިވެއެވެ.

ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ އަންހެން މުވައްޒަފުން ވަޒީފާއަށް ނުކުތުން ތާލިބާނުން މަނާކުރުމަކީ ވެސް ދެރަކަމެއް ކަމަށް އދ. އިން ވަނީ ބުނެފަ އެވެ. ކަނބަލުންނާ ގުޅޭ ވަޒީފާތަކަކީ ވެސް ފުއްދުންތެރިކަން ނެތް އާއިލާތަކަށް ކުރިއެރުމެއް ކަމަށް ސަލާމަތީ މަޖިލީހުން ވަނީ ބުނެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!