ދުނިޔެ

އެމެރިކާއަށް ޤަވައިދާ ޚިލާފަށް އެތެރެވި އިންޑިއާ މީހުންގެ އަދަދު އިތުރުވެއްޖެ

މަރްޔަމް އަޙްމަދު ، ދެން އޮންލައިން

2022 ވަނަ އަހަރު އިންޑިއާއިން އެމެރިކާއަށް ޤަވާއިދާ ޚިލާފަށް ހިޖުރަކުރާ މިންވަރު ދެ ގުނަ އިތުރުވެފައިވާކަމަށް އެމެރިކާ ސަރުކާރުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

Ads by Sosun Fihaara

ދާދި ފަހުން ޓެކްސަސްގެ ބޯޑަރު ފާރަކަށް އަރައިގެން އެ ސިޓީއަށް ޤަވައިދާ ޚިލާފަށް އެތެރެވާން އުޅެނިކޮށް އިންޑިއާ މީހަކު ވެއްޓުނު ހާދިސާއާއި ގުޅިގެން އިންޑިއާއިން އެމެރިކާއަށް ގަވައިދާ ހިލާފަށް ހިޖުރަކުރި މައްސަލަ ވަނީ ފެންމަތިވެފަ އެވެ.

އަދި ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި މެކްސިކޯގެ ބޯޑަރު ސަރަހައްދުގައި ކުއްލިއަކަށް މިކަން ވަނީ އިތުރުވެފައިވާ ކަމަށްވެސް އެ ޤައުމުގެ ތަފާސް ހިސާބުތަކުންވަނީ ދައްކާފައެވެ.

އެމެރިކާގެ ބޯޑަރު ބަލަހައްޓާ ފަރާތްތަކުން ބުނެފައިވާ ގޮތުގައި އެމީހުންވަނީ މެކްސިކޯގެ ބޯޑަރު ހުރަސްކުރި އިންޑިއާގެ 4،297 މީހުން މިދިޔަ އޮކްޓޯބަރު މަހާއި ނޮވެމްބަރު މަހުގެ ތެރޭގައި ހިފަހައްޓާފައެވެ.

އެހެންކަމުން ޖުމްލަގޮތެއްގައި ބޯޑަރާއި އެހެނިހެން ތަންތަނުން އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން އަތުލައިގަތް އިންޑިއާގެ އަދަދު ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު ދެގުނަ އިތުރުވެފައެވެ.

މީގެ އިތުރުން ސީބީޕީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި 2021 އަދި 2022 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ނިޔަލަށް ޤަވާއިދާ ހިލާފަށް އެ ގައުމަށް އެތެރެވި އިންޑިއާގެ 63،927 މީހުންނާއި އެމެރިކާގެ ކަމާ ބެހޭ ފަރާތްތަކުންވަނީ ކުރިމަތިލައިފައެވެ. މިއީ އޭގެ ކުރީ އަހަރު ފެނުނު 30،662 މީހުންނާ އަޅާބަލާއިރު 109 ޕަސެންޓް އިތުރު އަދަދެކެވެ.

ޤަވައިދާ ހިލާފަށް ހިޖުރަކުރި މީހުންގެ މި ޢދަދުތަކަކީ ހަމައެކަނި ސީބީޕީއިން އަތުލައިގަތް މީހުން ކަމަށާއި އިތުރު އެތައް ބަޔަކު ކާމިޔާބުކަމާއެކު ކަމާ ބެހޭ އިދާރާތަކަށް ނޭނގި އެތެރެ ވެފައިވާނެކަމަށްވެސް އަންދާޒާ ކުރެވޭކަމަށް އެޤައުމުންވަނީ ބުނެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!