Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މިދިޔަ އަހަރު ޖޭއެސްސީން ބެއްލެވީ 46 މައްސަލަ

މިދިޔަ އަހަރު ޖޭއެސްސީން ބެއްލެވީ 46  މައްސަލަ

ނިމިދިޔަ އަހަރު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އިން 46 މައްސަލަ ބަލައި ނިންމާފައިވާކަމަށް އެ އިދާރާއިން ހާމަކުރައްވައިފިއެވެ.

އެ ކޮމިޝަނުން ވިދާޅުވީ މި އަހަރު އެ އިދާރާއިން ބަލައި ނިންމި މައްސަލަތަކުގެ ތެރެއިން 24 މައްސަލަ ސާބިތުކުރެވޭ މިންވަރަށް ހެކި ނެތްކަމަށެވެ.

މި މައްސަލަތައް ބަލައި ނިންމުމަށްފަހު 4 ފަނޑިޔާރަކު މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާކަން ފާހަގަކުރައްވައި، ޖޭއެސްސީން ވިދާލުވެފައިވަނީ، އެ ކޮމިޝަނަށް ހުށަހަފައިވާ 9 މައްސަލައެއް ސުލޫކީ މައްސަލައެއްގެ ގޮތުގައި ނިންމައި، އެމީހުންނަށް ނަސޭހަތްދީފައިވާ ކަަމަށެވެ.

Advertisement
Allied Insurance — Square (box)

ޖޭއެސްސީން ވަނީ ތިން ފަނޑިޔާރަކު ސަސްޕެންޑްވެސް ކުރައްވައިފައެވެ.

މިދިޔަ އަހަރު އެ އިދާރާއަށް 393 ޝަކުވާ ވަނީ ހުށަހަޅާފައިވާއިރު، މިއީ 2021 ވަނަ އަހަރު ހުށަހެޅުނު 404 ޝަކުވާއާ އަޅާ ބަލާއިރު 2.72 އިންސައްތަ ދަށް އަދަދެކެވެ.

މިދިޔަ އަހަރު 70 ޝަކުވާއެއް ޖޭއެސްސީން ތަހުޤީޤު ކުރިއެވެ. އޭގެތެރޭގައި މިދިޔަ އަަހަރު ހުށަހެޅި 55 ޝަކުވާއެއް ހިމެނެއެވެ.

 

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް