ރައީސްގެ ބޮޑުދައިތަ އަވަހާރަވެއްޖެ
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ބޮޑުދައިތަ އަވަހާރަވެއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އަވަހާރަވެފައިވަނީ ރައީސްގެ ބައްޕަ ފަރާތުގެ ބޮޑުދައިތަ، ފަހީމާ ޞާލިޙެވެ. އެކަމަނާގެ ކަށު ނަމާދު މެންދުރު ނަމާދަށް ފަހު ވަނީ ކޮށްފައެވެ. ފަހީމާ އަވަހާރަވީއިރު، އުމުރުފުޅަކީ 71 އެވެ.
އެކަމަނާ އަވަހާރަވީ، އާލާސްކަންފުޅެއްގައި އުޅުއްވުމަށް ފަހުގައެވެ.
ރައީސްގެ ޢާއިލާގައި 12 ބޭފުޅުން ތިއްބަވައެވެ. އެމަނިކުފާނުގެ ކޮއްކޮ، އަޙްމަދު މުހައްމަދު ޞާލިޙު (އަހްމަދުބެ) އަވަހާރަ ވެފައިވަނީ 2021 ވަނަ އަހަރުގެ ޖޫންމަހުގައެވެ.
Ads by Allied Insurance