Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ތެޔޮ ބޯޓުން ދަތުރު ކުރި ނާޒިމްގެ ބަންދަށް 60 ދުވަސް

ގެއްލުނު ތެޔޮ ބޯޓުން ދަތުރު ކުރި މުޙައްމަދު ނާޒިމްގެ ބަންދަށް 60 ދުވަސް ޖަހައިފިއެވެ.

އުމުރުން 45 އަހަރުގެ ނާޒިމް ގެއްލިގެން ހޯދަމުން ދަނިކޮށް، އޭނާ ފެނިފައިވަނީ މާލޭގެ ގެސްޓްހައުސް އަކުންނެވެ. ފުލުހުން ވަނީ އޭނާ މަރުގެ މައްސަލައެއްގައި ހައްޔަރު ކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދެއްވައެވެ. ނާޒިމާއެކު ތެޔޮ ބޯޓުން ދަތުރު ކުރި ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 35 އަހަރުގެ މީހާ ފެނިފައެއް ނުވެއެވެ. ވިލިމާލެއިން ތެޔޮ ބޯޓެއްގައި ފުރި ދެ މީހެއްގެ ހަބަރެއް ނުވެގެން އެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން ފަށާފައިވަނީ މިދިޔަ މަހުގެ 28ވަނަ ދުވަހުއެވެ. އަދި 29 ވަނަ ދުވަހުގެ ވަގުތެއްގައި އެ ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހުންނަ ހުޅުލެ ނެރު ކައިރިން އޮޔާ ދަނިކޮށް ފެނިފައިވެއެވެ.          

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް