Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އެމްޑީޕީ މެންބަރުން ވަޒީފާގެ ބިރަށް ފަސް ނުޖެހޭނެ، އެގޮތަށް ބުނުމަކީ ކުރެވޭ މަލާމާތެއް: މާރިޔާ

އެމްޑީޕީ މެންބަރުން ވަޒީފާގެ ބިރަށް ފަސް ނުޖެހޭނެ، އެގޮތަށް ބުނުމަކީ ކުރެވޭ މަލާމާތެއް: މާރިޔާ

މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީގެ މެންބަރުންނަށް ވަޒީފާގެ ބިރު ނުދެއްކޭނެ ކަމަށާއި، އެގޮތަށް ވާހަކަފެތުރަމަކީ އެ މީހުންނަށް ކުރެވޭ މަލާމާތެއް ކަމަށް ޑިފެންސް މިނިސްޓަރު މަރިޔާ ދީދީ ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙްގެ ރިޔާސީ ޕްރައިމަރީގެ ސްޕޯކްސްޕާސަންގެ ކުރައްވަމުން ގެންދަވާ މާރިޔާ މިހެން ވިދާޅުވެފައިވަނީ، ވާދަވެރި ކެނޑިޑޭޓް، ރައީސް ނަޝީދުގެ ޓީމުން ކުރި ތުހުމަތުތަކަކާ ގުޅިގެންނެވެ.

ނަޝީދު ކެމްޕޭން ޓީމުން މިއަދު އާއްމުކޮށްފައިވާ ނޫސްބަޔާނެއްގައި ވިދާޅުވީ ދައުލަތުގެ އެކިއެކި ވަޒީފާތަކުގައި ތިބި ރައީސް މުޙައްމަދު ނަޝީދަށް ތާޢީދުކުރާ މުވައްޒަފުން އެމީހުން ވަޒީފާ އަދާކުރަމުންދާ ރަށް ނޫން އެހެން ރަށްރަށުގެ ވަޒީފާތަކަށް ބަދަލުކުރަމުން ގެންދާ ކަމުގެ ޝަކުވާ ދަނީ ލިބެމުންދާ ކަމަށެވެ. އަދި މިކަމުގެ ބޭނުމަކީ ވޯޓުލާ ދުވަހު އެ މީސްމީހުން ވޯޓުލުމުން މަހްރޫމްކުރުމާއި، ރައީސް ނަޝީދަށް އެމީހުންގެ ރަށްރަށުގައި މަސައްކަތްކޮށްދިނުމުން ދުރުކުރުންކަމުގައިވެސް މިބަޔާނުގައި ވަނީ ބުނެފައެވެ.

Advertisement
Allied — Dhen Online (box)

https://dhen.mv/172516

މިކަމަށް ރައްދު ދެއްވަމުން މާރިޔާ ވިދާޅުވީ، އެމްޑީޕީގެ މެންބަރުންނަކީ އެއްވެސް އިރެއްގައި ބިރަށް ފަސްޖެހުނު ބައެއް ނޫން ކަމަށެވެ.

"އެމްޑީޕީއަކީ ވަޒީފާގެ ބިރަށް ފަސް ނުޖެހުނު މީހުންގެ ޕާޓީ. ވަޒީފާގެ ބިރޭ ކިޔައިގެން ވާހަކަ ދެއްކުމަކީ މި ބިޔަ ބޮޑު ޕާޓީ ގެ ހިތްވަރުގަދަ މެމްބަރުންނަށް ކުރެވޭ ބޮޑު މަލާމާތެއް" މާރިޔާ ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް