އޭޝިއާ ދުނިޔެ

ޕާކިސްތާނުގެ ސަރަޙައްދުތަކަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

މަރްޔަމް އަޙްމަދު ، ދެން އޮންލައިން
Peoples walk at a market in Mirpur Bathoro, Sajawal, Sindh, Pakistan, on Tuesday, April. 10, 2018. *** SECOND SENTENCE HERE ***. Photographer: Asim Hafeez/Bloomberg *** Local Caption ***

މި ދިޔަ ބުރާސްފަތި ދުވަހު ޕާކިސްތާނުގެ ބައެއް ސަރަޙައްދުތަކަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ. މި ބިންހެލުން އައިސްފައިވާ ސަރަޙައްދުތަކުގެ ގޮތުގައި ހިމެނެނީ އިސްލާމްއާބާދު، ޚައިބަރު ޕަޚްތޫންޚުވާ، ގިލްގިޓް ބަލްޓިސްތާން، އާޒާދު ޖައްމޫ އެންޑް ކަޝްމީރު އަދި ޕަންޖާބުގެ ގިނަ އަވަށްތަކެކެވެ.

Ads by WAMCO

ޕާކިސްތާންގެ ޕްރައިވެޓް މީޑިއާތަކުގެ ރިޕޯޓްތަކުން ބުނާގޮތުން މި ބިންހެލުމުގެ ބާރުމިން ރެކްޓަރ މިންގަނޑުން 5.8 މެގްނިޓިއުޑްގައި ރެކޯޑް ކުރެވިފައިވެއެވެ. އަދި ބިންހެލުން އައިސްފައިވަނީ ބިމުގެ 189 ކިލޯމީޓަރު އަޑިއަށް ކަމަށްވެސް ރިޕޯޓްގައި ހާމަކޮށްފައިވެއެވެ.

ބުރާސްފަތި ދުވަހުގެ މި ބިންހެލުމަށްފަހު ޕާކިސްތާނުގެ ޚައިބަރު ޕަޚްތޫންޚުވާގައި ލޮޅުންތަކެއްގެ އިޙްސާސް ކުރެވިފައިވާ އަވަށްތަކަކީ ޗަރްސައްދާ، ޕޭޝާވަރު، ބަޓްގަރަމް، މަންސެހްރާގެ އިތުރު އެހެނިހެން ސަރަޙައްދުތަކެކެވެ.

ޕަންޖާބުގެ އަވަށްތަކުގެ ތެރެއިން މި ބިންހެލުމުގެ އަސަރަށްފަހު ލޮޅުންތައް ރެކޯޑް ކުރެވިފައިވަނީ ލާހޯރު، ފައިސަލްއާބާދު، ޝެއިޚުޕޫރު، ސަރްގޯދާ، މުރީ އަދި އެ ސަރަޙައްދުގެ ކައިރި އެހެނިހެން އަވަށްތަކަށެވެ.

އެ ޙާދިސާ ހިނގުމުން މި އަވަށްތަކުގެ މީހުން ބިރުންވަނީ އެ މީހުންތިބި އޮފީސްތަކުންނާއި ގެ ތަކުން ނުކުމެ މަގުމައްޗަށް އެއްވެފައެވެ. ނަމަވެސް މިކަމުގެ ސަބަބުން މިހާތަނަށް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާކަން ކަމާބެހޭ އެއްވެސް އިދާރާއަކަށް ރިޕޯޓްކުރެވިފައި ނުވާކަމަށް އެ ޤައުމުގެ މީޑިއާތަކުން ޚަބަރުދެއެވެ.

މިއީ ދެކުނު އޭޝިއާގެ މި ޤައުމަށް މި އަހަރުގެ ތެރޭގައި ބިންހެލުން އައި ދެވަނަ ދުވަހެވެ. މި ބިންހެލުން އައުމުގެ އެއް ދުވަސް ކުރިންވެސްވަނީ ޕަންޖާބުގެ ލާހޯރުގެ އިތުރުން ބައެއް އަވަށްތަކަށް ރެކްޓަރ މިންގަނޑުން 4.2 މެގްނިޓިއުޑްގެ ބިންހެލުމެއް ރެކޯޑްކުރެވިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!