އެންމެ ރަނގަޅު ވެރިކަމެއް ކުރެވޭނީ އެންމެ މޮޅަށް މީހުން "މެނޭޖް" ކުރެވޭ ކަހަލަ ބޭފުޅުންނަށް ކަމަށް ހޯމް މިނިސްޓަރު، އަދި ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީީސް އިމްރާން ޢަބްދުﷲ ވިދާޅުވި ވިދާޅުވުމަށް ކުރީގެ ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދު ރައްދު ދެއްވައިފިއެވެ.
އިމްރާން މިއަދު ކުރެއްވި ޓްވީޓް ރީޓްވީޓް ކުރައްވައި، ދިޔާނާ ވަނީ ރަނގަޅުވެރިކަމެއް ކުރެވޭނީ ކިހިނެތް ކަންވެސް ކިޔައިދެއްވައިފައެވެ.
މިގޮތުން ރަނގަޅު ވެރިކަމެއް ކުރެވޭނީ އެވެރިކަމުން ރައްޔިތުންނަށް މަންފާ ހޯދައިދޭ ފަރާތަކަށް ކަމަށާއި އެފަދަ މަންފާތަކުގެ މިސާލަކީ، އާސަންދަ، އިސްރަށްވެރިންގެ އިނާއަތް، އެކަނިވެރި މަންމައިންނަށް ދޭ އިނާއަތް އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އިނާއަތާއި ރަށު ބަންދުން ވީއްލުވައިދިން ދަތުރުފަތުރުގެ ނިޒާމުކަމަށް ދިޔާނާ ވަނީ ވިދާޅުވެފައެވެ.
"ވަޒީރުން އިތުރު އަނބިން ގެންގުޅެން ފަހިކުރަން އެ އަނބިންނާއި ފިރިންނަށް ދައުލަތުގެ މާލިއްޔަތުން ބޮޑު މުސާރައާއި އިނާއަތްތައް ލިބޭ ވަޒީފާއާއި ޕްރޮޖެކްޓްތައް ދިނުމަކީ މީހުން މެނޭޖް ކުރުމެއްނޫން. އެއީ ކޮރަޕްޝަން" ދިޔާނާ ވިދާޅުވިއެވެ.
ދިޔާނާ މިހެންވިދާޅުވިއިރު، ސަރުކާރުގެ މަތީ މަގާމުތަކުގައި ތިއްބެވި ބޭބޭފުޅުންގެ ގާތް މީހުންނާއި އަނބިދަރިންނަށް ހާއްސާ ވަޒީފާތަކާއި އިނާއަތްތައް ދެމުން ގެންދާކަމުގެ ތުހުމަތުތަކެއް މިދޭތެރެއިން ވަނީ ފެންމަތިވެފައެވެ.
މިގޮތުން މިނިސްޓަރު އިމްރާންގެ އަނބިކަނބަލުން ޔުމްނާއަށްވެސް ވަޒީފާއާއި އިނާއަތްތަކާއެކު ބޭރުގައުމެއްގައި ކިޔަވަން ހުންނެވިކަމަށްވެސް ދާދިފަހުން ވަނީ ތުހުމަތުތަކެއް ކުރައްވާފައެވެ. ނަމަވެސް މިނިސްޓަރު އިމްރާން ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވައިފައެވެ.
ދިޔާނާ މިހާރުދަސްކޮށްގެން އެއުޅެނީ ޖާބިރުގެ ބަހުރަވަ.
ދިޔާނާ ބުންޏަސް ތެދެއްވާނީ ހަމަ ތެދަކަށް ޢިމްރާނުގެ ނެތް އެއްވެސް ކަހަލަ ޙިކުމަތްތެރި ކަމެއް މުޅިންވެސްޣީލަތްތެރިކަން