ޚަބަރު ސަރުކާރު

ބައުވެފައިވާ މުޞްޙަފްތައް ނައްތައިލުމަށް މަޝްވަރާ ކުރައްވައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ބައުވެ، ހަލާކުވެފައިވާ މުޞްޙަފުތައް ނައްތައިލަން އިސްލާމިކް މިނިސްޓްރީން މަޝްވަރާ ކުރައްވައިފިއެވެ.

Ads by Hajj Corporation

އެ މިނިސްޓްރީން މި މަޝްވަރާތައް ކުރައްވައިފައިވަނީ ވެމްކޯއާއެކުގައެވެ. މިނިސްޓްރީން ވިދާޅުވި ގޮތުގައި، މިކަން ކުރަނީ، މުޞްޙަފްތަކާއި، ކީރިތި ޤުރުއާނުގެ އާޔަތްތައް ލިޔެފައި ހުންނަ ލިޔުންތައް ކަނޑައެޅިފައިވާ އުޞޫލުގެ ތެރެއިން، އިޙްތިރާމާ އެކު ނައްތައިލުމުގެ މަޤްޞަދުގައެވެ.

އިސްލާމިކް މިނިސްޓްރީގައި ވެމްކޯއާ އެކީ ބޭއްވި ބައްދަލުވުމުގައި މިނިސްޓްރީގެ ފަރާތުން އިސްކޮށް ހުންނެވީ މިނިސްޓަރު ޑރ.  އަޙްމަދު ޒާހިރު ޢަލީއެވެ. ވެމްކޯގެ ފަރާތުން މަޝްވަރާގައި އިސްކޮށް ބައިވެރިވެވަޑައިގެންނެވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖެވެ.

އިސްލާމިކް މިނިސްޓްރީން މީގެ ކުރިންވެސް ބައުވެފައިވާ މުޞްޙަފްތައް އެކި ފަހަރުމަތިން ނައްތައިލެއްވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!