ޚަބަރު ސިޔާސީ

ރައީސް ނަޝީދަށް ވެރިކަން ލިބިވަޑައިގެންފިނަމަ، ރާއްޖެ ބަނގުރޫޓުވެފައިވާ ކަމަށް އިޢުލާނު ކުރައްވާނެ: ޔައުޤޫބު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރާއްޖޭގެ ވެރިކަން، އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް ލިބިވަޑައިގެންފިނަމަ، އެމަނިކުފާނު އެންމެ ފުރަތަމަވެސް ކުރައްވާނެ ކަމަކީ ޤައުމު ބަނގުރޫޓުވެފައިވާ ކަމަށް ޢިއުލާނު ކުރެއްވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުޤޫބު އަބްދުﷲ ވިދާޅުވެއްޖެއެވެ.

Ads by MWSC

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ރޭ "ސަންގު ޓީވީ" ގައި ވާހަކަދައްކަމުން ޔައުގޫބު ވިދާޅުވީ ރާއްޖޭގެ ވެރިކަމަށް އެއްވެސް އިރަކުން ނަޝީދު ވަޑައިގެންފިނަމަ، ފުރަތަމަ ކަމަކަށް ކުރައްވާނީ ރާއްޖެ ބަނގުރޫޓުވި ކަމަށް އިއުލާން ކުރުން ކަމަށެވެ.

އަދި އެއާއެކު ރާއްޖޭގައި ތިބި އިންވެސްޓަރުން ރާއްޖެ ދޫކޮށްދާނެ ކަމަށާއި، ރާއްޖެއިން ނަގާފައިވާ ލޯނުތަކަށް ވަގުތުން ފައިސާ ދައްކަން ޤައުމުތަކުން އަންގާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރާއްޖެ ހިންގަން ބޭނުންވާ ލޯނު އެއްވެސް ޤައުމަކުން ނުދޭނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

"އޭރުން މުޅި ގައުމު އަނދަވަޅަކަށް ވެއްޓުނީ. ގައުމުގެ ވިޔަފާރިތައް ބަނގުރޫޓުވީ. ގައުމުގެ އިގްތިސާދު ހަލާކުވީ. ގައުމު ފުން އަނދަވަޅަކަށް ވެއްޓުނީމަ އޭގެ މާނައަކީ ރައްޔިތުން ނިކަމެތިވެ ހާލުގައި ޖެހުނީ."

ޔައުގޫބު ވިދާޅުވީ އެ ހާލަތަށް ރާއްޖެ ނުދަނީސް އެ ހާލަތަށް ރާއްޖެ ގެނަންވީތޯ އެއީ މިއަދު ރައްޔިތުންގެ ކުރިމަތީގައި އޮތް ސުވާލެއް ކަމަށެވެ.

ޔައުޤޫބު ރައީސް ނަޝީދަށް ފާޑުވިދާޅުވިއިރު، ރިޔާސީ ޕްރައިމަރީއާ ދިމާކޮށް، އެމްޑީޕީގެ ތެރޭގައި ވަނީ ވަރަށް ބޮޑު ކޯޅުމެއް އުފެދިފައެވެ. މިމަހުގެ 28ގައި އޮންނަ ޕްރައިމަރީގައި ރައީސް ނަޝީދާ ވާދަ ކުރައްވަނީ، އެމްޑީޕީގެ އިސް ލީޑަރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

  1. މުޙައްމަދު

    ސާބަހޭ ޔަޢުޤޫބު..