Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މާލޭގައި "ކުނި އެޅުން މަނާ" ބޯޑުތަކެއް ހަރު ކުރަނީ

މާލޭގައި "ކުނި އެޅުން މަނާ" ބޯޑުތަކެއް ހަރު ކުރަނީ

މާލޭގެ މަގުތަކަށް ފަހަކަށް އައިސް ކުނި ޖަމާކުރާރީ "ކުނިއެޅުން މަނާ" ޖަހާފައިވާ ބޯޓްތަކެއް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރުކުރުމުގެ މަސައްކަތް ސިޓީ ކައުންސިިލުން ފަށައިފިއެވެ.

ސިޓީ ކައުންސިލުން ވިދާޅުވީ، މި މަސައްކަތުގެ ތެރެއިން، މިފަދަ 100އެއްހާ ބޯޑު ހަރުކުރަން ނިންމާފައިވާ ކަމަށެވެ.

މާލޭގެ މޭޔަރު ޑރ. މުހައްދު މުޢިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިފަދަ ބޯޑުތައް ހަރުކުރި ނަމަވެސް އެކަމުގެ ނަތީޖާ ފެންނާނީ ކުނި ބެހެއްޓުން ހުއްޓާލައި މަގުތަކަކީ ސާފުތާހިރު ތަންތަނަށް ހެދުމަކީ އެންމެންގެ ޒިންމާއެއްކަމުގައި ދެކިގެން ކަމަށާއި، އެންމެންގެ ޒިންމާއެއް ކަމުގައި ދެކިގެން އެކަމަށް މަސައްކަތް ކޮށްގެންކަމަށެވެ.

Advertisement
Ooredoo — Square (box)

https://twitter.com/MMuizzu/status/1613535530016464897?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1613535530016464897%7Ctwgr%5E2179372f597d175b81191dbe6807e8a85964e402%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.addulive.com%2F290648

މާލޭ އަކީ ސާފުތާހިރު ތަނަކަށް ހެދުމަކީ ކައުންސިލުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށް ކައުންސިލުން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އެގޮތުން މާލެތެރެއިން ކުނި ނެގުމުގެ މަސައްކަތް ކައުންސިލުން ހަވާލު ކުރެއްވި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން(ވެމްކޯ)އަށް އެކަން ނުކުރެވޭތީ، ސިޓީ ކައުންސިލުން ވަނީ، މިދިޔަ މަހުގެ 26 ވަަނަ ދުވަހު ހަމަވި، އެއްބަސްވުން އައު ނުކުރަން ނިންމައިފައެވެ.

 

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް