ދުނިޔެ

ކޮވިޑް-19 ވެކްސިންގެ އަގު ކުޑަކުރުމަށް ބިލްގޭޓްސް 150 މިލިއަން ޑޮލަރު ހޭދަކޮށްފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ކޮވިޑް-19ގެ ފަރުވާއެއް ހޯދުމަށް އެހީތެރިވީ މީހުންގެ ލިސްޓެއް ހަދާނަމަ ދުނިޔޭގެ އެންމެ މުއްސަނދި އެކަކު ކަމުގައިވާ ބިލްގޭޓްސްގެ ނަން އެ ލިސްޓުގެ އެންމެކުރީ ސަފުގައި ހިމަނާލަން ޖެހެއެވެ.

Ads by Sosun Fihaara

ކޮވިޑް-19 މުޅި ދުނިޔޭގައި ފެތުރެން ފެށި ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް އެކި ގޮތްގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ ކޮވިޑަށް ފަރުވާ ހޯދުމުގައި އެހީތެރިވެ ދެމުންނެވެ. އެގޮތުން މައިކްރޮސޮފްޓްގެ ފައުންޑަރ ބިލް ގޭޓްސް ވަނީ ވެކްސިން އުފެއްދުމަށާއި ޓެސްޓިންގ ކިޓު އުފެއްދުމަށްވެސް އެތަކެއް އެހީތެރިކަމެއް ފޯރު ކޮށްދީފައެވެ.

ހަމަ އެހެންމެ ބިލްގޭޓްސް މިހާރު ވަނީ ކޮވިޑް-19ގެ ވެކްސިންގެ އަގު ކުޑަކުުރުމަށް ޓަކައި 150 މިލިއަން ޑޮލަަރު ހޭދަ ކުރާނެކަން ހާމަ ކުރައްވާފައެވެ. މިކަމުގެސަބަބުން ވެކްސިންގެ ކޮންމެ ޑޯޒަކުން 3 ޑޮލަރު ކުޑަވެގެން ދާނެއެވެ.

މިދިޔަ ހުކުރު ދުވަހު މިކަަން ހާމަކުރަމުން ބިލްގޭޓްސް ވަނީ އިންޑިއާގެ ވެކްސިން ޑިވެލޮޕް ކުރަމުންދާ ސެރުމް އިންސްޓިޓިއުޓް  އޮފް އިންޑިއާ އަށް150 މިލިއަން ޑޮލަރު ދިނުމަށް ބުނެފައެވެ. މި އެހީގެ ސަބަބުން 100 މިލިއަން ވެކްސިން ޑޯޒް ކޮންމެ ޑޯޒެއް އެންމެ 3 ޑޮލަރަށް ވިއްކޭނެއެވެ.

މި އެހީގެ ސަބަބުން ފަގީރު ގައުމުތަކަށް ނުހަނު ބޮޑު އެހީއަކަށް ވެގެން ދާނެ ކަން ޔަގީނެވެ. އަދި ވެކްސިން ލިބިމުގައި އެތައް ފަސޭހަތަކެއް ވެގެން ދާނެކަން ކަށަވަރެވެ

Attachment.png

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!