ބޮލީވުޑް މުނިފޫހިފިލުވުން

ސިދާތުއާއި ކިއާރާ ދިރިއުޅޭނެ ގެއެއް ހޯދަނީ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ސިދާތު މަލޯތުރާ އާއި ކިއާރާ އާދުވާނީ

ބޮލީވުޑް ދެ ތަރިން ކަމަށްވާ ސިދާތު މަލޯތުރާ އާއި ކިއާރާ އާދުވާނީ ކައިވެންޏަށްފަހު ދިރިއުޅޭނެ ގެއެއް ހޯދަމުން ދާކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

Ads by STELCO

އަޑު ފެތުރިފައިވާ ގޮތުންނަމަ މި ދެތަރިން ވަރަށް އަވަހަށް ކައިވެނި ކުރާނެ އެވެ. އެހެންނަމަވެސް ތާރީހެއް އަދިވެސް އޮތީ ސިއްރެއްގެ ގޮތުގަ އެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ސިދާތުއާއި ކިއާރާ ކައިވެނި ކުރަން އުޅުނުކަމަށް މީގެ ކުރިން ރިޕޯތުތައް ބުންޏެވެ. އެހެންނަމަވެސް މިއީ ދެތަރިންގެވެސް ފިލްމީ ކެރިއަރުގެ އެންމެ ޕީކް ދުވަސްވަރަށް ވެފައި މިދުވަސްވަރު ކައިވެނިކޮށްފިނަމަ ކެރިއަރަށް ހިޔަނި އެޅިދާނެކަމަށް ދެކޭތީ ކައިވެނި ފަސްކުރީކަމަށް ބުނެވެ އެވެ.

މިވަގުތު ކިއާރާ އޭނާގެ ފިލްމީ މަސައްކަތްތަކުގައި ވަރަށް ބުރަކޮށް އުޅޭއިރު ސިދާތުވެސް ފޯކަސް ކުރަނީ މަސައްކަތަށް ކަމަށް ގާތް ބައެއް ފަރާތްތަކާއި ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

ނިމިދިޔަ އަހަރު ކިއާރާ ވިކީ ކައުޝާލްއާއިއެކު ވަނީ "ގޯވިންދާ ނާމް މޭރާ" އިން ފެނިގެން ގޮސްފަ އެވެ. މިއީ ކިއާރާ އެންމެ ފަހުން ކުޅުނު ފިލްމެވެ. މިހާރު އޭނާ ދަނީ ދެ ފިލްމެއްގައި މަސައްކަތް ކުރަމުންނެވެ. އެއީ ތެލެގޫ ފިލްމު "އާރުސީ15" ގެ އިތުރުން ހިންދީ ފިލްމު "ސަތުޔަޕްރޭމް ކީ ކަތާ" ގެ އެވެ.

ސިދާތު އެންމެ ފަހުން ފެނުނީ ރަކުލް ޕްރީތު އާއިއެކު "ތޭންކް ގޯޑް" އިންނެވެ. ރަޝްމިކާ މަންޑާނާ އާއިއެކު އޭނާ ފެނިގެންދާ ފިލްމު "މިޝަން މަންޖޫ" ރިލީޒް ކުރަން ތައްޔާރުވަމުން ދާއިރު މިހާރު ސިދާތު މަސައްކަތް ކުރަނީ ފިލްމު "ޔޯދާ" ގަ އެވެ.

ކިއާރާ އާއި ސިދާތު އެކީގައި ފެނިގެން ދިޔައީ 2021 ވަނަ އަހަރު ރިލީޒްވި "ޝޭރްޝާހް" އިންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!