ބޮލީވުޑް މުނިފޫހިފިލުވުން

ދަރިއަކު ލިބުމުން އަހަރެން ވަރަށް ބަދަލުވެއްޖެ: އާލިއާ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ބަތަލާ އާލިއާ ބަޓް

ފުރަތަމަ ދަރިފުރު ރަހާ ކަޕޫރު ލިބުމަށްފަހު ވަރަށް ބޮޑަށް މީހާ ބަދަލުވެއްޖެކަމަށް ބޮލީވުޑް ބަތަލާ އާލިއާ ބަޓް ބުނެފިއެވެ.

Ads by MWSC

މިދިޔަ އަހަރުގެ އޭޕްރީލް މަހު ގެ 14 ވަނަ ދުވަހު އެކްޓަރު ރަންބީރް ކަޕޫރާއި ކައިވެނީގެ ގޮތުން ގުޅުނު އާލިއާއަށް ފުރަތަމަ ދަރިފުޅު ލިބިފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހުއެވެ.

އާލިއާ އޭނާގެ އެކްޓިންގް ކެރިއަރުގެ އެންމެ ޕީކް ދުވަސްވަރު ކައިވެންޏެއް ކޮށް ދަރިއަކު ހޯދުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ. އެހެންނަމަވެސް އާލިއާ ބުނި ގޮތުގައި ދަރިއަކު ހޯދިއަސް ސްކްރީން ކުރިމަތިން ނުގެއްލޭނެއެވެ.

އާލިއާ އާއި ރަންބީރުގެ ދަރިފުޅު ރަހާ ކަޕޫރާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ވާހަކަ ދައްކަމުން އާލިއާ ބުނީ ދަރިއަކު ލިބުމާއިއެކު މީހާއަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައި ކަމަށެވެ. އެގޮތުން ބަދަލު އައީ ހަމައެކަނި ހަށިގަނޑަށް ނޫން ކަމަށާއި މީހާ ވިސްނާ ގޮތާއި ދިރިއުޅުމުގައި އިސްކަންދޭ ކަންކަމަށްވެސް ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަމަށް އޭނާ ބުންޏެވެ.

ރަހާއަށް ދެ މަސް ފުރިފައިވާއިރު ވިހެއުމަށްފަހު އާލިއާ އަދި މަސައްކަތެއް ނުކުރެއެވެ. އެހެންނަމަވެސް މަސައްކަތް ނިންމާލާފައި ދެ މަސައްކަތެއް އެބަ އޮތެވެ. އެއީ ކަރަން ޖޯހަރުގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ އިތުރުން ހޮލީވުޑް ފިލްމެކެވެ. މި ދެ ފިލްމުވެސް މި އަހަރު ރިލީޒް ކުރާނެ ކަމަށް ބެލެވެއެވެ.

އިތުރު ބޮލީވުޑް މަސައްކަތެއް އާލިއާ ކުރާނީ މިއަހަރުގެ ފަހުކޮޅުކަމަށް ރިޕޯޓުތައް ބުނެއެވެ. ބައެއް ސޯސްތައް ބުނާ ގޮތުން ރަހާއަށް އަހަރެއް ވުމުން ރަސްމީކޮށް އާލިއާ މަސައްކަތަށް ނިކުންނާނެއެވެ.

ރަންބީރު ދަނީ މިހާރުވެސް ވަރަށް ބުރަކޮށް ބޮލީވުޑް މަސައްކަތްތައް ކުރަމުންނެވެ. އޭނާގެ ދެ ފިލްމެއް މިއަހަރުވެސް ރިލީޒް ވާނެއެވެ. އެންމެ ފުރަތަމަ ފިލްމު ސިނަމާއަށް އަންނާނީ އަންނަ މާޗު މަހުގެ 8 ވަނަ ދުވަހު އެވެ. އެއީ ލަވް ރާންޖަންގެ "ތޫ ޖޫޓީ މޭ މައްކާރް"އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!