Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މަޝްރޫޢުއެއް ނިންމަން އިތުރު ފަސް އަހަރު ބޭނުންވުމަކީ ކަޑަޖެހުމުގެ އައު ސިޔާސަތު: ޒަރިޔަންދު

މަޝްރޫޢުއެއް ނިންމަން އިތުރު ފަސް އަހަރު ބޭނުންވުމަކީ ކަޑަޖެހުމުގެ އައު ސިޔާސަތު: ޒަރިޔަންދު

މަޝްރޫޢުއެއް ނިންމުމަށް އިތުރު ފަސް އަހަރުގެ ދައުރެއް ބޭނުންވުމަކީ އިންތިޚާބަށް ކަޑަ ޖެހުމުގެ އައު ސިޔާސަތެއް ކަމަށް ސަރުކާރުގެ އޮޑިޓިން ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކަޑަ ޖެހުމުގެ އައު ސިޔާސަތުގެ ދަށުން ސަރުކާރުތަކުން އަމަލު ކުރަމުން އަންނަ ގޮތުގެ މިސާލެއް ދައްކަވައިފައެވެ.

މިގޮތުން 2020 ވަަނަ އަހަރުގެ ބަޖެޓުގައި، އެތައް ފައިސާއެއް ޚަރަދުކޮށްގެން ބޯޅަދަނޑެއް އަޅަން ހިމަނައި، އެއްބަސްވުމުގައި ސޮއިކޮށް ހެދުމަށްފަހު، މަޝްރޫޢު މުޅިން ނިންމައިލާން އިތުރު ފަސް އަހަރުގެ ދައުރެއް ބޭނުންވާ ކަމަށް ވިދާޅުވުން ހިމެނޭކަން ފާހަގަކުރެއްވިއެވެ.

Advertisement
Ooredoo — Truecaller (box)

https://twitter.com/zariyand/status/1614350782748561409

އޭނާ މިހެން ވިދާޅުވިއިރު، ރައީސް އިބްރާހީމް މުޙަައްމަދު ޞާލިޙުވެސް ވަނީ ތަރައްޤީ މެދުނުކެނޑި ކުރިއަށް ގެންދިޔުމަށްޓަކައި، މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ގޮވައިލައްވައިފައެވެ. މިއަހަރުގެ ސެޕްޓެމްބަރުމަހުގައި ބޭއްވުމަށް ހަމަަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ރާއްޖޭގެ ގިނަ ސިޔާސީ ލީޑަރުން ވާދަކުރައްވާނެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް