Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ރިޔާސީ އިންތިޚާބު ސެޕްޓެންބަރު 9ގައި

ރިޔާސީ އިންތިޚާބު ސެޕްޓެންބަރު 9ގައި

މި އަހަރުގެ ރިޔާސީ އިންތިޚާބު މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބޭއްވުމަށް ނިންމަވައިފިއެވެ.

އިންތިޚާބު ބާއްވާ ތާރީޚު އިޢުލާނު ކުރެއްވީ މެންހެޓަން ބިޒްނަސް ހޮޓެލްގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، މި އަހަރުގެ ރިޔާސީ އިންތިޚާބުގައި 600 ވޯޓު ފޮށި ބަހައްޓާނެއެވެ.

Advertisement
Allied — Dhen Online (box)
ރިޔާސީ އިންތިހާބަށް މިއަހަރުގެ ދައުލަތުގެ ބަޖެޓުގައި ކަނޑައެޅީ 90 މިލިއަން ރުފިޔާއެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ މި އިންތިހާބަށް 120 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައެޅުމަށް ފިނޭންސް މިނިސްޓްރީގައި އެދިފައެވެ. އިލެކްޝަންސް ކޮމިޝަނުން ލަފާކުރައްވާ ގޮތުން ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރަށް 95 މިލިއަން ރުފިޔާ ހޭދަވާނެއެވެ. އަދި ދެވަނަ ބުރެއްގައި، އެ އަދަދު 120 މިލިއަނަށް އިތުރުވާނެ ކަމަށް އީސީން ލަފާ ކުރައްވައެވެ. ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން މިހައިތަނަށް އިޢުލާނު ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙާއި އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުރުން މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް މުހައްމަދު ނާޒިމާއި އިދިކޮޅު ލީޑަރު ޔާމީން އަބްދުލްޤައްޔޫމްގެ އިތުރުން އުމަރު ނަސީރެވެ. އަދި ޖުމްހޫރީ ޕާޓީއާއި އެމްޑީއޭ އިން ވެސް ރިޔާސީ ކެންޑިޑޭޓެއް ނެރޭނެ ކަމަށް ދަނީ ބުނަމުންނެވެ. އެމްޑީޕީން އިންތިޚާބުގައި ނެރޭނެ ކެންޑިޑޭޓެއް ހޮވުމަށް ޕްރައިމަރީއަކަށް ދަނީ ތައްޔާރުވަމުންނެވެ. ރައީސް ޔާމީނަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމާއެކު އިންތިޚާބުގައި ބައިވެރިވެވޭނެ ކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް