ޚަބަރު ސިޔާސީ

އިންޑިއާ އައުޓް ކެމްޕެއިން ހުއްޓައިލީ، ރައީސް ނަޝީދު އެދިވަޑައިގަތުމުން ކަމަށް ވެދާނެ: މަވޯޓާ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދިޔަ "އިންޑިއާ އައުޓް" ކެމްޕޭން މިހާރު ހުއްޓާލާފައި އޮތީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެދިވަޑައިގަތުމަކަށް ވެދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސް ނަޝީދު އިއްޔެ ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަތަކަކަށް އިޝާރާތްކޮށް މަވޯޓާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެމެދު އޮތް ހަމައެކަނި ހިޔާލު ތަފާތުވުމަކީ ވެސް އިންޑިއާ އައުޓް" ކެމްޕޭނަށް ވެދާނެ ކަމަށެވެ.

"ޕީޕީއެމުން މިހާރު އިންޑިއާ އައުޓް މުޒާހަރާ ހުއްޓާލާފައި އޮތީ ނަޝީދުގެ އެދިވަޑައިގަތުމަށް ކަމަށް ނުވަތަ އެހެން ސަބަބަކާ ހެދި ކަމެއް ސާފެއް ނޫން،" އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ބާލަން ގޮވާލައި، އިދިކޮޅުން "އިންޑިއާ އައުޓް" ކެމްޕޭން ފެށީ މިދިޔަ އަހަރުގެ ކުރީކޮޅުއެވެ. އެ ހަރަކާތް ހުއްޓައިލީ، އެ ކެމްޕޭނަކީ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ވެސް ކަނޑައަޅައި، ޤަރާރެއް ނެރުއްވުމުންނެވެ.

ރައީސް ނަޝީދު އިއްޔެ ވިދާޅުވީ ޕީޕީއެމާ އޮތް ހަމައެެކަނި ހިޔާލު ތަފާތުވުމަކީ "އިންޑިއާ އައުޓް" ކެމްޕޭން ކަމަށާއި، އެކަން ދޫކޮށްލައްވަން ރައީސް ޔާމީން އަރިހުގައި ދެންނެވި ކަމަށެވެ.

 

 

Ads by Allied Insurance
  1. ކޮޔާ

    ބުރާންތި ކަލޭ މަވޯޓާ އިބޫ ގެ ގަރާރު ކަލޭ ހަނދހާން ނެތުނީތަ؟ގަރާރަކުންނޭ އެމަސައްކަތް ހުއްޓުވީ ކޮބާތ ތަގޭ ސިކުނޑި