Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މާރާމާރީއެއްގައި ޒަހަމްވި މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެނީ

މާރާމާރީއެއްގައި ޒަހަމްވި މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެނީ

ވެރިރަށް މާލޭގައި ހިންގި މާރާމާރީއެއްގައި މީހަކަށް އަނިޔާ ދިނުމުގެ ސަބަބުން، އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އެބަދެއެވެ.

މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން ފުލުހުން މިއަދު ހެނދުނު ވިދާޅުވީ ލޮނުޒިޔާރަތް މަގުގައި ހުންނަ ޗާކޯލް ކެފޭ ކައިރިން، މީހަކަށް ތޫނު އެއްޗަކުން ހަަމަލާ ދީފައިވާކަމުގެ މަޢުލޫމާތު، ރޭ 12:37 ހާއިރު ފުލުހުންނަށް ލިބުނު ކަމަށެވެ.

މި މާރާމާރީގައި އަނިޔާ ލިބިފައިވަނީ އުމުރުން 30 އަހަރުގެ ފިރިހެނަކަށް ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އެ މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު، ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންނެވެ. އަދި މިކަމާ ގުޅޭ އިތުރު އެއްވެސް މަޢުލޫމާތެއް މީޑިއާއާ ހިއްސާ ކުރައްވައިފައެއް ނުވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް