Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ދައުރެއްގެ ތެރޭގައި ފްލެޓް އަޅާ، އެ ފްލެޓްތައް ހަވާލު ކުރާ ހަމައެނި ރައީސަކަށް ވާނަން: ރައީސް ޞާލިޙް

ދައުރެއްގެ ތެރޭގައި ފްލެޓް އަޅާ، އެ ފްލެޓްތައް ހަވާލު ކުރާ ހަމައެނި ރައީސަކަށް ވާނަން: ރައީސް ޞާލިޙް

ރިޔާސީ ދައުރެއްގެ ތެރޭގައި މާލޭގައި ފްލެޓްތަކުގެ މަސައްކަތް ބިންގަލުން ފެށިގެން ފްލެޓްތަކުގެ ފިނިޝިންއާ ހަމައަށް ނިންމަވާ، ތަޅުދަނޑި ހަވާލު ކުރައްވާނެ ވެރިޔަކީ އެމަނިކުފާނުކަމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އާޓިފިޝަލް ބީޗްގައި ރޭ ބޭއްވިވެވި ކެންޕެއިން ޖަލްސާގައި ރައީސް ޞާލިޙް ވަނީ އެމަނިކުފާނުގެ ވާދަވެރިޔާ ރައީސް މުޙައްމަދު ނަޝީދު، މިސަރުކާރުގެ ޕްރޮޖެކްޓްތައް ނުހިނގާ ކަމަށް ވިދާޅުވެ ދައްކަވާ ވާހަކަފުޅަށް ރައްދު ދެއްވާފައެވެ.

"ފެނާ ނަރުދަމާގެ 141 މަޝްރޫޢު ކުރިއަށްދޭ، ލަފާފުރުމުގެ 47 މަޝްރޫޢު ނިމިފައި، ތައުލީމީ ދާއިރާއިން 1578 ކްލާސް ރޫމް ނިމިފައި، 17 މިސްކިތް ބިނާކޮށް ނިންމުން، 57 ފުޓްބޯޅަ ދަނޑު ތަރައްޤީކުރުން، 61 ފުޓްސަލް ދަނޑު ތަރައްޤީކުރުން، 47 ޖިމް ޤާއިމްކުރުން، 144 ރަށަކަށް 313 ޖަނަރޭޓަރު ސެޓް ފޯރުކޮށްދިނުން" ވަރަށް ފޯރީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވަނީ މި ސަރުކާރުން ނިންމާފައިވާ ބައެއް ޕްރޮޖެކްޓްތަކުގެ ތަފާސް ހިސާބު ވިދާޅުވެފައެވެ.

Advertisement
HDC — Sidebar (box)

މި ސަރުކާރުން އަޅާ ފްލެޓްތައް ބައްލަވާލެއްވުމަށް ހުކުރު ދުވަހު ޒިޔާރަތް ކުރެއްވިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައި އަޅާ ފްލެޓްތަކަކީ ތަފާތު ފްލެޓްތަކެއް ކަމަށެވެ. އަދި އެ ފްލެޓްތައް ނިންމާ ހަވާލު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

"ކުޑަ ޝައްކެވިޔަސް ނުކުރައްވާ. މާލެ ތޮއްޖެހި، މާލެ ހަމަނޭވާލުމަށް ކުރަންޖެހޭ ހުރިހާ ކަމެއް އަޅުގަނޑު ކުރާނަން. އަނެއްކާވެސް ސާފު ބަހުން ދަންނަވަން. މާލޭގެ ރައްޔިތުންނަށް ބިންކަނޑާ އިން ވަކިކޮށް ގޯތި ދޭނީ އަޅުގަނޑު." ރައީސް ވިދާޅުވީ މާލެ ސަރަހައްދުގައި މިސަރުކާރުން އަޅާ ފްލެޓްތަކުގެ ތެރެއިން ބައެއް ފްލެޓްތަކުގައި އެމަނިކުފާނުގެ މި ދައުރު ނިމުމުގެ ކުރިން މީހުން ދިރިއުޅެން ފަށާނެކަމަށެވެ.

"ދައުރެއްގެ ތެރޭގަ ފުރަތަމަ ފަހަރަށް މާލޭގައި ބިންގަލުން ފަށާ، ނިންމާ، ފްލެޓުގެ ތަޅުދަނޑި އަތަށް ދޭނީ އަޅުގަނޑު."

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކުޑަތަންވަމުން އަންނަ ވަރަކަށް ކެންޕެއިންގެ ފޯރިދަނީ ގަދަވަމުންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް