ޚަބަރު ސިޔާސީ

ވަރަށްގިނައިން ރަށްރަށަށް ދަން، އަންހެންވެރިން ބައްދާ ދޮންދީ ނުހަދާ: އަލީ ރަމީޒު 

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ވަރަށްގިނައިން ރަށްރަށަށް ދާކަމަށާއި އަންހެންވެރިން ނުކުމެ ބައްދާ ދޮންދީ ނުހަދާ ކަމަށް ދީނީ ކަންކަން ކުރިއެރުވުމަށް މަސައްކަތް ކުރާ އަލީ ރަމީޒު ބުނެފިއެވެ.

އަންނަ ރިޔާސީ އިންތިހާބުގެ ކެމްޕޭން އެކި އެކި ސިޔާސީ ފަރާތްތަކުން ކެމްޕޭންގައި އެކި ރަށްރަށަށް ކުރައްވާ ދަތުރުތަކުގައި އަންހެން ކަނބަލުން ނުކުމެ ކެންޑިޑޭޓުގެ ގައިގައި ބައްދާ ގައިގޯޅިވެ ސެލްފީތައް ނަގަމުން އަންނަކަމަށް ބުނެ ބައެއް ކެންޑިޑޭޓުންނަށް ފާޑުކިޔުންތައް އަމާޒުވެފައިވާ މި ދަނޑިވަޅުގައި އަލީ ރަމީޒު ބުނީ އަންހެންވެރިން އޭނާގެ ގައިގައި ބައްދަން ނޫޅެނީ އެފުރުޞަތު އޭނާ ނުދޭތީ ކަމަށެވެ.

"އަޅުގަނޑަކީ މިހާރުވެސް ރާއްޖޭގެ އެކިއެކި ރަށްރަށަށް ވަރަށް ގިނައިން ދަތުރު ކުރާ މީހެއް ދައުވަތުގައި. އަންހެންވެރިން ނޫޅޭ އަޅުގަނޑުގެ ގައިގައި ބައްދާ ދޮންދީ ހަދާކަށް. ކީއްވެ؟ އަޅުގަނޑު އެމީހުންގެ ގައިގަ ބައްދަން ނޫޅޭތީ.ދޭހަ ވެއްޖެ ކަމަށް ހީކުރަން" އަލީ ރަމީޒު ބުންޏެވެ.

މިމަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ފޯރިގަދަވެފައިވާ މިދަނޑިވަޅުގައި ކެމްޕޭންގައި ކެންޑިޑޭޓުން ރަށްރަށަށް ކުރައްވާ ދަތުރުތަކުގައި އަންހެން ސަޕޯޓަރުން ގެންދަނީ ކެނޑިޑޭޓުންނާ ބައްދާ ޝުއޫރުތައް ފާޅުކުރަމުން ކަން ފާހަގަކޮށްލެވެއެވެ.

  1. އަހު

    ބައްދާ ދޮންދިނުމަށް ދައުވަތު ނުދެންޏާ ނުއެއް ބައްދާނެތާ މުންކަރާތްތަކަށް ދަޢުވަތު ދޭ މީހުން ގައިގަ ބައްދާހަދާނެ ތާ އަލީ ވިޔަސް ތިޔަ ބުނީ ރަނގަޅު ވާހަކައެއް

    • ނަޒީފާސަލީމް

      ލަވަކިއަސް އިމެއްގަ ހުރެވިދާނެ ކަލެއަކީ އެއިންްްްް ފަހަނަޅާ ދިޔަ މީހެއް ކޮއްކޮއާއެކު އިޝްގީލ ަވަ ކިޔާފަ ލަވާގ ަ ކުފުރުބަސް ކީ މީހެއް ފަނާނުވާނެ ގަލަމަކުން ބިންވަޅު ނެގުނު ވާހަކައާ ހަނދުވަރު ދިނަސް ހަނދު ނެތްވަހަކަޢ ާ ކީމަ އޭތިކަޑައޭ އެހނމީހުންން މިކަހަލަ ކންތައްނުކުރޭ ލަވަކިއަސް ކަލޭ ތީ ދެބޯގަމާރެއް

  2. ވޯޓް ވިއްކި ގަމާރު

    ޑޮޓް ނަށް ބޮޑުކަމަކަށް ވާނެ އެކަން… ޖާރިޔާ އޯކޭ ވާނެ

  3. ކަމަނަ

    އަލީރަމީޒު ގައިގަ ބައްދާ ހެދި މީހުން ތިމާ ރަށްރަށައް ޝޯދޭން ދިޔައީމަ މަގޭ ދެލޮލުން ދުށިން

    • ހަހަހަ

      ތެދެއް!!!

    • އޭރު

      މިހާރު އިސްލާހުވެފައި އެހުރީ. ކުރިން ކުރެވިފައި ހުރި ކަންތަކުގެ ވާަހަކަ ދެއްކުމުގެ ފައިދާއެއް ނެތް

      • އެލިކ

        މީހަކު ދީނުގައިވާ ގޮތައް އުޅެފިއްޔާ ކަމަނަ މެންކަހަލަ މީހުންނައް ބާރުކުރާނެ

    • ޭިެިއޭ

      ޢެެއީ މާ ކުރިދޯ. މާޒީ ގެންނާކައް ނުޖެހޭނެ

    • ނާނާ

      އަލީ ރަމީޒު ގެ ކުރީގެ ވާހަކަ ދެއްކުމމުގެ ބޭނުމެ ނެތް މިހާރަކު ކޮންމެ އަންސާނަކަ ވެސް ކުށެ ކުރެ ިދާނެ މިހާރު އެއީ ނަމޫނާ ދަރިޔެ

  4. މުހައްމަދު އާދަމް

    ޢައްޔާ ދެރަވީތަ…

  5. ަދައްތަ

    ލަވަ އަލީ ގައިގަ އަހަރެމެން ެަެަެަެަެަެަެަެަ އަންހެނުން ބައްދާކަށް ބޭނުމެއް ނޫން!

  6. Anonymous

    ތީތާކުން ތާތާކު ނުޖެހޭމީހެއްވީމަ ނުބައްދާނެތާ ރައްޔިތުން ލޯބިވާ މީހުން ގެ ގައިގާ ބައްދާނެތާ ދެން ވަރަށް ސަލާމް

  7. މުޢާޒު

    އަލީގެ ލޯބީގެ ލަވަތަށް އަޑުއަހައިގެން މިހާރުވެސް ދެ ޖިންސްގެ ކުދިން ވީޑިއޯ ލަވަތަށް ކުޅޭ އެލަވަތަކުގަ ފެނޭ ބައްދާތަންވެސް.

  8. ޒައިކް

    ދލޯ ހުރަސްވެފަ މިއޮއްހާ ދުވަހު ތިޔަ ހުރީ.. ނޫނީ ފިތުނަވެރި ވާހަކައެއް ދައްކަން ގޭސް ގަނޑެއް އަނބުރާލީ.. މިރާއްޖޭގެ ދެވަންފުރަައިގެ އަންހެންވެރިންގެ ހާލުއެއީ ސިޔާސީ ވެރިން ދިޔައީމމަ އަބަދުވެސް އަރަބި ސަލާންކުރާނެ.. ލަވަ އަލީވެސް ލަވަކީ ޒަމާނުގަ އެހެންވެފަ އޮންނާނި..

  9. ކަނީރު

    ތިހުރިގޮތަކުންވެސް ބައްދާ ދޮންނުދޭނެ. ކަންދަހާރަށްދޭ ފިރިހެނުން ބައްދާ ދޮންދޭނެ

  10. ފުރީޒް ބޭންޑު ލީޑާރ

    ގަރުނުގެ އެންމެބޮޑު ޖޯކް، ފުރީޒް ބޭންޑު ރަށްރަށައް އަރާއިރު އަނހެންވެރިން އޮޅުލާ ބައްދާހަދާކަން ހަނދާންނެތުނީތޯ

  11. ބަލީ

    ޗެޓު ކުރެވޭ ދޯ އެކަމަކު ހިލޭ އަންހެނުންނާ؟ އެއީ ތެދެއްތަ؟

  12. އެސްޓީ

    އެހެން ދޯ. އަންހެން ވެރިން ދޯ. ފިރިހެން ވެރިން ބައްދަނީ ދޯ.

  13. ޙިޔަޅު

    ޙަދުވަރު ދިނަސް ހަދެއްނެތޭ

  14. ދޮން އިބުރާހިމް

    ތިބޭފުޅާ ލަވަކީ އިރު ތިހެނެއް ނުވާނެ. ލޯބިވާ މީހުން ތިބެނީ ލޯބިވާ ގޮތައް އުޅެވުނީމަ. މިހާރު ތި އުޅޭ ވައްތަރުން ބިރުގަނޭ

  15. ިެޔޮނުވާނެ

    ހައްޤަށް ބަސްބުނާ މީހުންނާ ފުރައްސާރަ ކުރުން ގިނަވާނެ.މާތް ﷲއައްޔަ އަށް ސާބިތުކަން ދެއްވާށި.އާމީން

  16. ފަގުޑި

    އަލީވެސް މަގުބޫލުވެ މަސްހޫރުވެގެން އުޅުނު ދުވަސްވަރު އަންހެން ކުދިން ބައްދާ ދޮންދީ ސަލާމްކޮށް ހެދި. މިހާރުވެސް ތޯރާ ބޯރާއަށް ގޮސްފިނަމަ އެހެންކަންނޭންގެ ވާނީ. ދިވެހިންގެ ތެރޭގަ އަލީތި ކުރިއަރުވާ ފިކުރަކަށް ތާއީދެއް ނެތީމަ ވާގޮތްތީ.

  17. ހާމިދް ކަރުޒާއީ

    ސިޔާސީ މީހުނ އަޑުވިއްކައިގެން ކެއިކަމެއް ނެތް އެނގޭކަށް.ތި މީހާ ފޮލޯވާރސް ގިނައީވެސް ހަރާން ލަވަކިޔައިގެން ހަރާން ކަމަކުން.ފުރަތަމަ ބިންގަ ގޯސްވެފަ.ހަރާން ލަވަކިޔައި ހަރާން ޝޯދީގެން ހޯދި ފައިސާއިން.ހޯދި ކާނާ ތަކެތި ލޭގަ ހުރީީ އަހަރެމން އެންމެ ކުޑައިރުއްސުރެ މަންމަ ދެއްކި މަގުން ހިނގައި ހަލާލ މސައްކަތުން ކުރިން ވެސް މިހާރުވެސް ކައިބޮއެ އުޅެނީީމީ ކަލެއާ އެހެންމީހުންގެ ތަފާތަކީ. މާފޮނި ވާހަކަ ނުދައްކާ މަޑުން ހުރެވޭތޯ ބަލާ

  18. ޒޯރޯ

    ގިނަ ދިވެހިންގެ ގޮތްކުޑަކަން ފެނި ހިތާމަކުރަން. އަލީ ރަމީޒް ލަވަކިޔާ ނާޗަރަންގީ ތަޅަން ފައްޓަބަލަ މިއަދުވެސް އެވަރު މީހަކު ނުހުންނާނެ. ހެޔޮބަހެއް ބުނާ ހައްގުބަސް ބުނާ މީހާއަށް ފުރައްސާރަ ކުރާނެކަން އެއީ އިނގެން އޮތްކަމެއް.އެކަމު ތިއީ ބޮޑުވަރު.ތިމާމެންގެ ހިތުގައޮތް ލާދީނީ ހިޔާލުތައް ހިތުގަ ބަހައްޓަބަލަ.ﷲސވ މޮޅަށް ދެނެވޮޑިގެންވޭ.އަލީ ރަމީޒް އަކީ އިސްލާމީ ގައުމަކަށް ލިބުނު ރަހްމަތެއް

  19. ގޮއްވާ

    މިފިކުރުގެެ މީހުންނަށ އަންހެނުނ ފެންނާނ ހަމައެކަނ ޖިންސ އޮބްޖެކްޓްތަކެއ ގޮތަށ. އެހެންވ ޖިންސ އެދުމެއްގ ނޫނ އަންހެނަކ އިންޓަރެކްޓ ކުރެވިދާނެެ ކަމަކަށ ވެސ މިމީހުނ ގަބޫލެއ ނުކުރާނ.